އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއާއި އެއްވެސް ގުޅުމެއް ނެތް ކަންކަމުގެ ޚަބަރުތައް ޤަވާއިދުން ބަލާއިރު މައިންބަފައިންނާއި އަނބިދަރިންގެ ޙާލު ނުބެލުނީމާ ތިބާއަށް ސަލާމަތްވެވޭނެތަ؟

ތިބާއާއި އެއްވެސް ގުޅުމެއް ނެތް ކަންކަމުގެ ޚަބަރުތައް ޤަވާއިދުން ބަލާއިރު މައިންބަފައިންނާއި އަނބިދަރިންގެ ޙާލު ނުބެލުނީމާ ތިބާއަށް ސަލާމަތްވެވޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ގިނަ ޢާއިލާތަކަށް ބަލައިފިނަމަ މިވަނީ ދެބައަކަށް ބެހިފައެވެ. އެއީ ތިމާގެ ގާތުގައި ތިބި ދަރިންނާއި ދުރުގައި ތިބި ދަރިންނެވެ. ހުރިހާ ދަރިންނަށް މައިންބަފައިންނާއި އެކުގައި ދިރިނުއުޅޭ ޢާއިލާތައް މަދެއް ނުވާނެއެވެ.

އަދި ހަމަ އެހެންމެ ކޮންމެ މީހަކަށްވެސް ކޮންމެހެން އެހީތެރިވާންޖެހޭ ޢާއިލީ ބައަކުވެސް ތިބޭނެއެވެ. އަދި ދޫކޮށްލެވިފައިވާ ދަރިންވެސް ތިބޭނެއެވެ. އެހެންކަމުން ސުވާލަކީ އެބައެއްގެ ޙާލު ތިމާ ބަލަންޖެހޭ، ތިމާގެ މައްޗަށް ވާޖިބުވާ މީހުންގެ ޙާލު ތިމާއަށް އެބަ ބެލޭ ހެއްޔެވެ؟

ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ވާޖިބަކަށްވާން ޖެހޭނީ އެމީހަކާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި މަސްއޫލިއްޔަތުތައް އަދާކުރުމެވެ. އެކަންކަން ފުރިހމަ ނުކުރެވިއްޖެނަމަ އެމީހަކު ފާފަވެރިވާނެއެވެ. ނަމަވެސް އެހެން މީހަކަށް ކުރަންޖެހޭ ކަމެއް އޭނާ ނުކުރުމަކުން އަނެކާ ފާފަވެރިއެއް ނުވާނެއެވެ.

ވީމާ ފުރަތަމަ ކަމަކަށް ބަލަންވީ ތިމާގެ މައިންބަފައިންނާއި އަމިއްލަ އަނބިދަރިންގެ ޙާލުއަހުވާލެވެ. އެމީހުން ތިބިޙާލަތެވެ. އެމީހުން ދިރިއުޅޭ ގޭގެއަށް ބޭނުންވާތަކެތި ހަމައަށް ގޭގައި ހުރިތޯއެވެ. ގދަވެ އުޅޭތޯއެވެ. ދަރިންނަމަ ސްކޫލަށްދޭތޯއެވެ.

 

މިޒަމާނުގައި ހަމަ ކޮންމެ މީހަކީވެސް ސްމާޓް ފޯނެއް ގެންގުޅޭ މީހެއްކަމަށް ބުނުވިދާނެއެވެ. މާނައަކީ އެހައިވެސް ގިނަ މީހުން ސްމާޓް ފޯނު ގެންގުޅޭކަމެވެ. ހުސްވަގުތެއް ކިރިޔާ ލިބުނު ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ ޚަބަރުތައް ބަލައިލައެވެ.

ތިމާ ބަލަންޖެހޭ ކަންކަން ނުބަލައި ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ކޮންމެވެސް ކަމެއްވެގެން އުޅޭކަމުގެ ޚަބަރު ބެލުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކޮންމެވެސް ޤައުމެއްގައި ރީތީގެ ރާނީގެ ނަމުގައި އަންހެނެއްގެ ބޮލުގައި ތާޖް ބަހައްޓިކަމުގެ ޚަބަރުކިޔުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

ދުނިޔޭގައި ހިނގާހައި ކަމެއް ބަލަމުންގެންދާ ގިނަބައަކަށްވެސް އެމީހުންނަށް ކުރަންޖެހޭ މަސައްކަތް ބޮޑުވެފައި ގިނަކަމުން އެމީހުންގެ އަމިއްލަ ޢާއިލާގެ ކަންކަން ބަލައިލާނެ ވަގުތެއް ނުވެއެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދަނީ އެއްވެސް ކަމެއް އެނގެންވާވަރަށް ނުއެނގުމެވެ. މިއީ މިއަދު ވަރަށް ގިނަ ބައަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

 

އިނގިރޭސި ރަސްގެފާނަށް ކެންސަރުޖެހިގެން މަޤާމުގެ އަސްއޫލިއްޔަތު އަދާނުކުރެވޭ ކަމާއި ދުނިޔޭގެ ކޮންމެވެސް ބޮޑު ކަނޑަކުން ބޮޑު ފެމުނެއް ތިލަވެގެން އުޅުނުކަން ތިބާއަށް ނުއެނގުމަކުން ތިބާ ފާފަވެރިއެއް ނުވާނެއެވެ. މިމަހު ނުކުންނަން އޮތް ކޮންމެވެސް ފިލްމެއްގެ މަސައްކަތް ހުއްޓިގެން އުޅޭކަން ނުއެނގުނަސް ތިބާ ފާފަވެރިއެއް ނުވާނެއެވެ. އެކަމަކު އެބައެއްގެ ޙާލު ތިމާ ބަލަންޖެހޭ މީހުންގެ ޙާލު ނުބަލައިފިނަމަ ފާފަވެރިވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް