އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމީރު މުޢާވިޔާތު 25: ވަޙީ ލިޔުއްވި ބޭކަލުންގެ ތެރޭގައި މުޢާވިޔަތުގެފާނު

އަމީރު މުޢާވިޔާތު 25: ވަޙީ ލިޔުއްވި ބޭކަލުންގެ ތެރޭގައި މުޢާވިޔަތުގެފާނު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ވަޙީ ލިޔުއްވުން

އަމީރު މުޢާވިޔަތުގެފާނަކީ ޞަޙާބީންގެ ތެރެއިން ކާތިބުލް ވަޙްޔު ގެ ތެރެއިން ހިމެނި ވަޑައިގަންނަވާ ބޭކަލެކެވެ. އަމަލީ ގޮތުން ވަޙީ ލިޔުއްވުމުގެ މަސްޣޫލިއްޔަތު އަދާކުރެއްވި ބޭކަލެކެވެ. ވަޙީ ލިޔުއްވުމުގެ އިތުރުން އެކަލޭގެފާނުވަނީ މާތް ރަސޫލާ ރަސްރަސްކަލުންނަށާއި އަމީރުންނަށް ފޮނުއްވާ ފަތްކޮޅުތައްވެސް ލިޔެ ދެއްވައިފައެވެ. 

އިމާމު އަބޫނުޢައިމު ބަޔާން ކުރައްވައިފައިވެއެވެ. އަމީރު މުޢާވިޔަތުގެފާނަކީ މާތް ރަސޫލާގެ ކާތިބުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެވެ. އެކަލޭގެފާނު ވަރަށް ރަނގަޅަށް ލިޔުއްވަން ދެނެވަޑައިގަންނަވައެވެ. ލިޔުއްވާ ލިޔުއްވުންތައް ނުހަނު ބަލާޣާތްތެރިއެވެ. 

ވަޙީ ލިޔުއްވާ އުޅުއްވި ކަމަށް މަޝްހޫރުވެވަޑައިގެންފައިވަނީ، ތޭރަ ބޭކަލެކެވެ. އެއީ ހަތަރު ޚަލީފާއިންނާއި، ޢާމިރު ބިން ފުހައިރާ އާއި، ޢަބްދުﷲ ބިން އަރްޤަމް އާއި، ޘާބިތު ބިން ޤައިސް އާއި، ޚާލިދު ބިން ސަޢީދު ބުނުލް ޢާޞް އާއި، ހަންޟަލާ ބިން ރަބީޢުއާއި، ޒައިދު ބިން ޘާބިތު އާއި، މުޢާވިޔަތު ބިން އަބީސުފްޔާނާއި، ޝުރްހަބީލް ބިން ޙަސަނާ (ރަޟިޔަﷲ ޢަންހުމް) އެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން ލިޔުއްވާ އުޅުއްވީ ޒައިދު ބިން ޘާބިތުގެފާނާއި މުޢާވިޔަތުގެފާނެވެ. {ޙަކީމުލް އުއްމަތި މުފްތީ އަޙްމަދު ޔާރް ޚާން ނަޢީމީ، އަ ރިފްލެކްޝަން އެޕޯން އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހު، ޞަފްޙާ 62-63} 

އެހެން ބޭކަލުންގެ ޢިލްމުވެރިކަމަށް އިއުތިރާފުވެވަޑައިގަތުން: 

މުޢާވިޔަތުގެފާނު، އެހެން މީހުންގެ ޢިލްމުވެރިކަމަށް އިއުތިރާފުވެވަޑައިގަންނަވައެވެ. އެހެން މީހުންދެއްވާ ރަނގަޅު ނަޞޭހަތް ޤަބޫލުކުރެއްވުމަކީ މުޢާވިޔަތުގެފާނުގެ ޚުލުޤުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއްފަހަރު މީހަކު މުޢާވިޔަތުގެފާނުގެ އަރިހަށް އައިސް މައްސަލައެއްގެ ޙުކުމާ ބެހޭ ގޮތުން ސުވާލު ދެންނެވިއެވެ. އެހިނދު މުޢާވިޔަތުގެފާނު ވިދާޅުވިއެވެ. [ތިޔަ މައްސަލާގެ ޙުކުމާ ބެހޭ ގޮތުން ޢަލީގެފާނު ކުރެ އަހާ އޮޅުން ފިލުވާށެވެ. އެހެނީ އެކަލޭގެފާނަކީ ޢަލީގެފާނަށްވުރެ ޢިލްމުވެރި ބޭކަލެކެވެ.] 

އަނެއްކާވެސް އެމީހާ ދެންނެވިއެވެ. [އެ މައްސަލާގެ ޙުކުމް ކަލޭގެފާނު ވިދާޅުވެ ދެއްވާށެވެ. އަޅުގަނޑަށް ބޮޑަށް ރަނގަޅީ ކަލޭގެފާނު ދެއްވާ ޖަވާބެވެ.] 

މުޢާވިޔަތުގެފާނު ވިދާޅުވިއެވެ. [އެމީހެއްގެ ޢިލްމުވެރިކަމުގެ ސަބަބުން މާތް ރަސޫލާ އެމީހަކަށް މާތްކޮށް ހިއްތެވި ބޭކަލަކާމެދު ކަލޭ ނަފުރަތު ކުރަނީ ހެއްޔެވެ؟ ކަލޭ ތިޔަ ބުނީ އާދައިގެ ބަހެއް ނޫނެވެ.]{ޙަކީމުލް އުއްމަތި މުފްތީ އަޙްމަދު ޔާރް ޚާން ނަޢީމީ، އަ ރިފްލެކްޝަން އެޕޯން އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހު، ޞަފްޙާ 80} 

އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހު ޢާއިޝަތުގެފާނުގެ ފަޞާހާތެރިކަމާއި، ބަލާޣާތްތެރިކަމަށް ތާރީފު ކުރައްވައި، ވިދާޅުވެފައިވެއެވެ. [އަހަރެން، އުއްމުލް މުއުމިނީން ޢާއިޝާ އަށްވުރެ، ފަޞާހާތްތެރި، ބުއްދިވެރި ވާހަކަދެއްކުންތެރިއަކު ނުދެކެމެވެ.] {ތަބަރާނީ، އަލްކަބީރު، ވޮލިޔުމް 23، ޞަފްޙާ 183 އަދި 184}

Advertisement

ކޮމެންޓް ކުރެއްވުމަށް