އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެންޏަށް އެދިގެން ދުޢާކުރުމުގަ އެންމެ ފައިދާހުރި ގޮތް-: މުފްތީ މެންކް

ކައިވެންޏަށް އެދިގެން ދުޢާކުރުމުގަ އެންމެ ފައިދާހުރި ގޮތް-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ޙަޔާތުގެ ބައިވެރިއަކަށް ވަކިމީހަކު ދެއްވެވުން އެދިގެން ދުޢާކުރުމާއި ބެހޭ ގޮތުން ސުވާލުކުރި އަންހެނެއްގެ ގާތުގައި ބުނީމެވެ. "އޭނާއަކީ ރަނގަޅު މީހަކު ނަމަ އޭނާ ދެއްވެވުމަށް އެދޭށެވެ." ޖަވާބުގައި އޭނާ ބުނީ "އަހުރެން ބޭނުންވަނީ ހަމަ އޭނާއެވެ. ގޯހިއްޔާ ރަނގަޅު މީހަކަށް ބަދަލުކޮށްދެއްވަވައިގެންވެސް ބޭނުންވަނީ އޭނާއެވެ." 

އޭނާގެ އެވިސްނުމަށް އެއްޗެއް ބުނާކަށް ނެތީމެވެ. އެހެނީ އެމީހަކު ބޭނުން ގޮތަކަށް ދުޢާކުރަންވީއެވެ. ނަމަވެސް އަހުރެންގެ ވިސްނުމުގައި ދުޢާކުރަން އެންމެ ރަނގަޅީ ސުންނަތުން ފެންނަން އޮތް ގޮތަށް ދުޢާކުރުމެވެ. އެގޮތަކީ އޭނާއަކީ އޭނާ ލިބުމުން ތިމާއަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ މީހަކުނަމަ އޭނާ ދެއްވެވުމަށް އެދުމެވެ. އެމީހަކާއިއެކު އުފާވެރި ދިރިއުޅުމެއް ނުއުޅެވޭނެ މީހަކު ނުދެއްވެވުމަށް އެދުމެވެ. 

މިމައުޟޫއަށް ވާހަކަ ދައްކަމުން ކުރިން ބުނެފައިވާ މިޘާލެއް މިރޭވެސް ފާހަގަކޮށްލާނަމެވެ. އެއީ ތިބާ ވަކި މީހަކު ދެއްވެވުން އެދިގެން ދުޢާކުރަނީއެވެ. ނަމަވެސް ﷲ ތަޢާލާ އެކަން ހިންމަވައި ނުދެއްވަވައި ލަސްކުރައްވަވަނީއެވެ. އެއީ އޭނާގެ ސަބަބުން ތިބާއަށް ކުރިމަތިވާނެ މުޞީބާތްތައް ދެނެވޮޑިގެންވާތީއެވެ.

އެކަމަކުވެސް ތިބާ ތަކުރާރުކޮށް ދުޢާކުރާތީ އެންމެފަހުން އެކަން ހިންމަވައި ދެއްވެވީއެވެ. ދެންވީ ކިހިނަކުން ހެއްޔެވެ؟ އޭނާވީ ތިބާގެ ބޮލުގައި ތަޅާ 14 ރާތަލުގެ މަރުތޭލައަކަށެވެ. އަބަދު ހުންނަން ޖެހެނީ ބޯގޯސްވެފައެވެ. އަނިޔާ ލިބިލިބިއެވެ. 

މިގޮތަށް ކަންކަން ދިމާވެފައިވަނީ މަދަކުންވެސް ނޫނެވެ. ވީމާ ކައިވެންޏަށް ބައިވެރިއަކު ދެއްވެވުން އެދިގެން ދުޢާކުރާއިރު މިކަންކަމަށް ވިސްނައިގެން ދުޢާކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް