އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިދީން ހޭލެވުމުން އެހެން ކަމެއް ނުކޮށް މިފަދައިން ޢަމަލުކުރާ މީހަކަށް ފާފަފުއްސަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ނިދީން ހޭލެވުމުން އެހެން ކަމެއް ނުކޮށް މިފަދައިން ޢަމަލުކުރާ މީހަކަށް ފާފަފުއްސަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 10 ސިކުންތު

حَدَّثَنَا صَدَقَةُ بْنُ الْفَضْلِ، أَخْبَرَنَا الْوَلِيدُ، عَنِ الأَوْزَاعِيِّ، قَالَ حَدَّثَنِي عُمَيْرُ بْنُ هَانِئٍ، قَالَ حَدَّثَنِي جُنَادَةُ بْنُ أَبِي أُمَيَّةَ، حَدَّثَنِي عُبَادَةُ بْنُ الصَّامِتِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " مَنْ تَعَارَّ مِنَ اللَّيْلِ فَقَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ‏. الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ‏. ثُمَّ قَالَ اللَّهُمَّ اغْفِرْ لِي‏. أَوْ دَعَا اسْتُجِيبَ، فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلاَتُهُ 

ޞަދަޤާ ބުނުލް ފަޟްލު ގެ ކިބައިން, ވަލީދް ގެ ކިބައިން އައުޒާޢީގެ ކިބައިން,ޢުމައިރް ބުން ހާނީ ގެ ކިބައިން ޖުނާދާބުން އަބީ އުމައްޔާ ގެ ކިބައިން ޢުބާދާ ބުން ޞާމިތް ރަސޫލާ ޞައްލަ ﷲ ޢަލއިހި ވަސައްލަމް ގެ އަރިހުން ރިވާކުރެއްވިއެވެ. "ރޭގަނޑު ނިދާފައި އޮއްވާ ހޭލެވިއްޖެނަމަ އަދި މިދުޢާ: 

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ 

(މާނައީ: ﷲމެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކުނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއްވެސް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ކޮންމެ ކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އެންމެހާ ޙަމްދު ވަނީ ﷲއަށެވެ. އަދި ﷲ ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ.  އަދި ހުރިހާ އެއްޗަކަށްވުރެ ﷲ ބޮޑެވެ. އަދި ހެޔޮކަމެއްކުރުމުގެ ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އެއިލާހު ޙަޟްރަތުން މެނުވީ ނުވެއެވެ.") ކިޔުމައްފަހު

ދެން އެއަށްފަހު،

اللَّهُمَّ اغْفِرْ لِي

މާނައީ: "އޭﷲ މިއަޅާއަށް ފާފަފުއްސަވާނދޭވެ."

މިފަދައިން ބުނެފިމީހަކު ނުވަތަ ދުޢާކޮށްފިމީހަކު ދަންނައެވެ. އޭނާއަށް އިޖާބަކުރެވޭނެއެވެ. ފަހެ އޭނާ ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ޤަބޫލުކުރެވޭނެއެވެ." 

މިގޮތަށް ޢަމަލުކުރަންވީ ނިދީން ހޭލެވުމުން އެހެންކަމެއް ނުކޮށެވެ. ފޯނާކުޅުން ފަދަ ކަންކަން ނުކޮށް ހޭލެވުމާއިއެކު ފުރަތަމަ ކުރާ ކަމެއްގެ ގޮތުގައެވެ. އެއިރުން އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް