އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަކަށް އެދިގެން ސަލާންޖަހައިފި މީހަކަށް އެހީނުވިޔަސް އޭނާއަށް ނުބައި ބަސްބުނުން ﷲ ވަނީ ނަހީކުރައްވަވާފަ! ކޮށްފިނަމަ އެކުރެވެނީ ފާފައެއް!: މުފްތީ މެންކް

ކަމަކަށް އެދިގެން ސަލާންޖަހައިފި މީހަކަށް އެހީނުވިޔަސް އޭނާއަށް ނުބައި ބަސްބުނުން ﷲ ވަނީ ނަހީކުރައްވަވާފަ! ކޮށްފިނަމަ އެކުރެވެނީ ފާފައެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

މިހާރަކަށް އައިސް ޞިއްޙަތު ރަނގަޅު، ވަރުގަދަ މީހުންވެސް ސަލާންޖަހަމުން ހިނގައެވެ. އެފަދަ މީހުންނަށް ނުބައިބަސްތައް ބުނާ މީހުންވެސް އުޅެއެވެ. 

ސަލާމް ޖެހުމުން އެއްޗެއް ދިނުމާއި ނުދިނުމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮތްކަމެކެވެ. ވީމާ މީހަކާއިމެދު ނުބައި ގޮތަކަށް ޝައްކުކުރެވޭނަމަ އެހީތެރިނުވުމުގެ އިޚްތިޔާރު އެބައޮތެވެ. ނެތީ އެމީހަކަސް ނުބައި ބަސް ބުނުމުގެ އިޚްތިޔާރެވެ. 

އެހެނީ އޭނާގެ ޙާލަތު އެނގޭނީ އޭނާއަށެވެ. އެކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. މީހަކު ތިމާ މިހުރީ ބަނޑިހައިވެގެން ކަމަސް ބުނެފިނަމަ އެންމެ ކުޑަމިނުން ކާނެ އެއްޗެއް ދިއްކޮށްލަންވާނެއެވެ. ގަނެފައިވެސް ދޭންވާނެއެވެ. 

ސަލާންޖެހުމަކީ އިސްލާމް ދީން ހިތްވަރުދޭ ކަމެއް ނޫނެވެ. ޙަދީޘްފުޅުގައި އޮތީ މީހުންގެ ގާތު ކަންކަމު އެދުމަށްވުރެ ބުރަކަށިގައި ދަރުއުފުލައިގެން ޢާމްދަނީ ހޯދުންވެސް މާރަނގަޅު ކަމަށެވެ. 

ފަޤީރުންނަށް އެހީތެރިވެދޭ ކަމިއްޔާތަކާއިމެދުގައިވެސް ޢަމަލުކުރަން އޮތީ ހަމަ އެގޮތަށެވެ. އެހީ ދޭން ބޭނުންނުވާނަމަ ނުދިންނަމަވެސް އެޖަމިއްޔާއަކަށް ނުބައި ބަސްތައް ބުނެ އެހެން މީހުން އެހީތެރިވުމަށް ހުރަސް ނުއަޅާށެވެ. އެއިރުން އެހެދެނީ މާބޮޑު ގޯހެކެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް