އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްކުޅިވުމުން އަޅުކަންކުރަން މަޑުކުރުމަކީ އެންމެ ނިކަމެތި ޙާލުގަ ދުނިޔެއިން ނުކުންނަން ޖެހިދާނެ އެންމެ ބޮޑު ސަބަބު!: މުފްތީ މެންކް

މުސްކުޅިވުމުން އަޅުކަންކުރަން މަޑުކުރުމަކީ އެންމެ ނިކަމެތި ޙާލުގަ ދުނިޔެއިން ނުކުންނަން ޖެހިދާނެ އެންމެ ބޮޑު ސަބަބު!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައި ތިބި ބައެއް ޒުވާނުން ގާތު އަވަހަށް ޙައްޖުވުމަށް ބުނުމުން އެބަ ބުނެއެވެ. "އަހުރެމެން އަދި ވަރަށް ޒުވާނެވެ. ޙައްޖުވާނީ އަދި ތަންކޮޅެއް ފަހުންނެވެ." މިބުނަނީ ކީކޭހެއްޔެވެ؟ އަހަރެމެން ފާފަފަތަކެއް ކޮށްލަން ބޭނުމޭ އެހެންވީމާ ޙައްޖުވާނީ އެފާފަތައްކޮށްލާފައި ކަމަށް ހެއްޔެވެ؟

މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެމީހާގެ ޢުމުރު އެނގޭނީ ކާކަށް ހެއްޔެވެ؟ ފަހުން ޙައްޖުވާން ހުއްޓައި ޙައްޖުނުވެވި މަރުވެއްޖެނަމަ ޙައްޖުވުމުގެ ތަނަވަސްކަން ދެއްވެވުމުން ޙައްޖުނުވިކަމުގެ ޢަޛާބް ޙައްޤުވާނެ ނޫންހެއްޔެވެ؟

ހަމަ މިފަދައިން ރަމަޟާން މަހާއިމެދުގައިވެސް ވިސްނައިލާށެވެ! ބައެއް ޒުވާނުން ތިބެނީ ޢުމުރުން ތަންކޮޅެއް ގިނަ ދުވަސްވުމުން ބައްދަލުވާ ރޯދަމަހުގައި ގިނައިން އަޅުކަންކުރުމުގެ ނިޔަތުގައެވެ. ބަލަ އެއިގެ ކުރިން އެމީހާއަށް ދުނިޔެ ދޫކުރަންޖެހިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހޭނީ ކޮންފަދަ ހިތްދަތިކަމަކާއި އެކުގައިހެއްޔެވެ؟ ޒުވާން އިރުންސުރެ ކޮންމެ އަހަރަކުވެސް ބައްދަލުކުރަމުން އައި ރަމަޟާން މަސްތަކުގައި އަޅުކަންކޮށްގެން ހޯދެން އޮތް ބޮޑު ފައިދާ ދޫކޮށްލެވުނު ކަމަށްޓަކައި ހިތާމަކުރަމުން ނޫން ހެއްޔެވެ؟ މިއީ މިރަމަޟާން މަހު ސަމާލުކަން ނުދެވުނު މީހުން ވިސްނާލުން މުހިންމު ކަމެކެވެ.

މީސްތަކުންނޭވެ! ޢުމުރުން ދުވަސްވެ ޕެންޝަން ލިބުނީމާ ކުރާއަޅުކަން މިހާރަށްވުރެވެސް ގިނަކުރާނީއެވެ. އެއީ އެކަންކުރަންޖެހޭނެވެސް ނަމަވެސް މުސްކުޅިވަންދެން ދުނިޔޭގައި ހުންނާނެ ކަމަށް ބަލައި މިހާރު ލިބިގަނެވެން ހުރި ޘަވާބު ލިބިނުގަނެ ނުހުންނާށެވެ. އަދި ކީއްހެއްޔެވެ؟ ރަމަޟާން މަސް އައިސް ބައްދަލުކުރީމާ އަޅުކަންކުރަންވެސް މަޑުނުކުރާށެވެ. މިހާރުންސުރެ އެކަމަށް މަސައްކަތް ފަށާށެވެ. މުސްކުޅިވުމުން އަޅުކަންކުރަން މަޑުކުރުމަކީ އެންމެ ނިކަމެތި ޙާލުގަ ދުނިޔެއިން ނުކުންނަން ޖެހިދާނެ އެންމެ ބޮޑު ސަބަބެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް