އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރާ ކަންކަމުގައި ކާމިޔާބު މީހަކަށްވުމަށް މަސައްކަތްކުރުމުގަ ވިސްނައިލަންވީ 2 ކަންތައް-

ކުރާ ކަންކަމުގައި ކާމިޔާބު މީހަކަށްވުމަށް މަސައްކަތްކުރުމުގަ ވިސްނައިލަންވީ 2 ކަންތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ކާމިޔާބު މީހަކަށްވުމަށް އެދޭ ކޮންމެ މީހަކަށްވެސް އޮތީ އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމާއި އެކުގައެވެ. އެކަމަށް އެދި ދުޢާވެސް ކުރަމުންނެވެ.

މީހަކު ތިބާއަކީ އެއްވެސް ކަމެއް ކާމިޔާބުކުރެވޭ، އަގެއް ނެތް މީހެއްކަމަށް ބުނި ނަމަވެސް ކަންބޮޑުނުވާށެވެ! އެފަދަ ބަސްތައް އެބުނަނީ ތިބާގެ ކާމިޔާބީ އޭނާއަށް ނުއެނގޭތީއެވެ. ނުވަތަ ތިބާ ދެރަކޮށްލުމުގެ ބޭނުމުގައެވެ.

އެންމެ ރަނގަޅު ގޮތަކީ ތިބާއަކީ ކަންކަން ކާމިޔާބުކުރެވޭ މީހަކުކަން ދައްކަން އެންމެ ބަހެއްވެސް ނުބުނުމެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކަންކަން ކާމިޔާބު ކުރެވޭނީ ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުންނެވެ. ވީމާ ކުރަން މަސައްކަތްކުރާ ކަމެއް ކާމިޔާބު ނުވެ އޮތުމަކީ ދެރަވާންޖެހޭ ނުވަތަ ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ.

ނަމަވެސް ތިބާ ޙާޞިލުކުރަން މަސައްކަތްކުރާ ކަމެއް ޙާޞިލުކުރަން އެކަށީގެންވާވަރަށް މަސައްކަތް ނުކުރެވޭކަމަށް މީހަކު ބުނެފިނަމަ އެކަމަށް ވިސްނައިލަން ޖެހޭނެއެވެ. އެހެނީ އެމީހާ އެހެން އެބުނީ ތިބާއަށް ހެޔޮއެދިގެންނެވެ. ތިބާއަށް ހިތްވަރު ދިނުމަށެވެ.

އެމީހަކު އެހެން އެބުނާ ސަބަބު އޮޅުން ފިލުވައި އިޞްލާޙްކުރަން ޖެހޭ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ. އިތުރަށް ކުރެވެންހުރި ކަންކަން ފާހަގަކޮށް މަސައްކަތްކުރަންވާނެއެވެ.

--ޑރ. އިދްރީސް ޔޫނުސް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް