އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރަން ބޭނުން މީހުންނަށް އޮތް އެންމެ ފަސޭހަ ގްތް!

ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރަން ބޭނުން މީހުންނަށް އޮތް އެންމެ ފަސޭހަ ގްތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ތަހްވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރަން ބޭނުން ނުވާ މީހަކު ނުހުންނާނެއެވެ. ގިނަ ބބައަކަށް އެކަމަށް ފަރުވާކުޑެވޭ އެއް ސަބަބަކީ މަސައްކަތްތައް ހުންނަ ގޮތެވެ. ގިނަ ވަޤުތު މަސައްކަތުގައި އުޅެންޖެހުމެވެ. އެހެންކަމުން ބުނެދޭން މަސައްކަތް މިކުރަނީ އެކަން ފަސޭހަވާނެ ގޮތެކެވެ.

ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ގޮސްގެން ކިޔަވާ ދަރިވަރުންނަށްވުރެ މިހާރު ގިނަވާނީ އޮންލައިންކޮށް އުނގެނޭ ދަރިވަރުންކަމަށްވެދާނެއެވެ. ކޮންމެއަކަސް އޮންލައިން ކްލާސްތައް ތަޢާރަފްވެ ބާރަށް ކުރިއަށްދާން ފެށުމުން މުސްލިމުންގެ ތެރެއިން އެންމެ ގިނަ ބައަކު އުނގެނެނީ ތަޖްވީދުމަގުން ޤުރްޢާން ކިޔަވަންކަން ފާހަގަކުރެވެއެވެ.

ގިނަ ބައަކު ކީރިތި ޤުރްއާން ކިޔަވައެވެ. އަޑުއަހައެވެ. ކާރުގައި ގެންގުޅުނު ލަވަސީޑީތައް އެއްފަރާތްކޮށްފައި ކީރިތި ޤުރްއާނުގެ ސީޑީތައް ޖަހައެވެ. މިއީ ހަމަ ވަރަށް ރަނގަޅު ކަންކަމެވެ.

އަހުރެންގެ ނަޞޭޙަތަކީ ވީވަރަކުން މާނަވެސް އަޑުއެހުމެވެ. އަދި ތަފްސީރުވެސް އަޑުއެހުމެވެ. އެހެނީ ބައެއް އާޔަތްތަކުގެ ލަފްޒީ މާނައިން އެނގެން ބޭނުންވާ މިންވަރަށް މާނަ ނުއެނގިދާނެއެވެ. އިތުރު ތަފްޞީލަށް ބޭނުންވާނެއެވެ.

ހަމައެއާއިއެކު ބުނެލަން އޮތީ ވީހައި ގިނައިން ޤުރްއާން ކިޔަވަން ކުރާ މަސައްކަތް އިތުރުކުރަންވާނެއެވެ. ދީނުގެ އެންމެ ބޮޑެތި ޢިލްމުވެރިންވެސް ޢަމަލުކުރެއްވެވީ އެފަދައިންނެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ގޭގައިވެސް އަދި ކާރުގައިވެސް ކީރިތި ޤުރްއާން ޖަހަމުން އެއަށް ނުވިސްނާނަމަ އެކަމުން ކުރާނެ ފައިދާއެއް ނެތްކަމެވެ. ފައިދާ ކުރާނީ އަޑުއެހުމުންނެވެ. ކީރިތި ޤުރްއާން އަޑުއެހުމަކީވެސް ޘަވާބު ދެއްވަވާ ކަމެކެވެ.

އަދި އަޑުއަހާއިރު ޤާރީގެ މަޚްރަޖައަށާއި ކިޔަވާގޮތަށް ރަނގަޅަށް ވިސްނައި ވީވަރަކުން ފަހަތުން ކިޔަވަންވެސް މަސައްކަތްކުރާށެވެ! މީހުންގެތެރޭގައިނަމަ ހިތުންވެސް ކިޔަވާށެވެ! އެކަނިނަމަ މަޑުމަޑުން ކިޔަވާށެވެ! އިސާހިތަކު ތަޖުވީދުމަގުން ކިޔެވެންވެސް ފަށައިފާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް