އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއޮތީ ލޯބިވެރިޔާ ތިބާއާ ވަކިވިޔަސް ކައިވެނި ރޫޅި އެކަނިވެރިވިޔަސް އުފާވެރިކަން ޔަޤީން މަގު! އިން ޝާ ﷲ

މިއޮތީ ލޯބިވެރިޔާ ތިބާއާ ވަކިވިޔަސް ކައިވެނި ރޫޅި އެކަނިވެރިވިޔަސް އުފާވެރިކަން ޔަޤީން މަގު! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

އަޅުގަނޑުގެ ދައްތަގެ އެއްވެސް ކުށެއް ނެތި ވަރިކުރިތާ 4 މަސްވެއްޖެއެވެ. އަދިވެސް އެންމެ ރެއަކުވެސް ހަމަނިދި ލިބުނުކަން ޔަޤީނެއް ނޫނެވެ. ވިސްނަމުން ގޮސް ހިކި އަނަރޫފަވެ ސިފަވެސް ގެއްލިއްޖެއެވެ. މިޙާލަތުގަ ދައްތައަށް ވިސްނައިދޭން ކުރެވޭނީ ކޮން ކަމެއް؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދައްތައަށް ވިސްނައިދޭންވީ ކަންކަން ބައިވަރެވެ. ތިރީގައިވާ ލިޔުން ދައްތައަށް ޝެއާކުރާށެވެ! ކިޔައިފިކަންވެސް ޔަޤީންކުރާށެވެ! އިން ޝާ ﷲ ދައްތައަށް ހިތްވަރު ލިބި ވިސްނުމަށް ހެޔޮ ބަދަލެއް އަންނާނެއެވެ. 

ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް އެންމެ ގިނަ ބައަކު ދިރިއުޅުންމަތިން ފޫހިވަނީ ލޯބިވެގެން އުޅުނު ލޯބިވެރިޔާ ވަކިވުމުންނާއި ކައިވެނިރޫޅުމުންނެވެ. ލިބޭ މާޔޫސްކަމުގައި އެއްބައަކު ރޮއި ކަރުނައަޅަނީއެވެ. އަނެއްބައަކު ޝައިޠޯނާގެ ބަހަށް ހެއްލި ނުބައި މަގުތަކުން ހިނގަން ފަށަނީއެވެ. ކެތްތެރިވެ ޘާބިތުވެވެނީ މަދު މީހަކަށެވެ. 

އެހެންވެ ސުވާލެއްކޮށްލާނަމެވެ. ދުނިޔެއަށ އުފަންވަނީ މައިންބަފައިންގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވާ ޙާލުގައި ނޫންހެއްޔެވެ؟ އެންމެ މުހިންމު ރިޒުޤަކީ މައިމީހާގެ ގާތުން ބޯ ކިރު ނޫންހެއްޔެވެ؟ އެކަމަކު މައިމީހާ ނިޔާވުމުން މައިމިހާގެ ގާތުން ކިރުފޮދު ނުލިބޭތީ ރިޒުޤް ނުލިބޭ ހެއްޔެވެ؟ 

އެހެންވީއިރު ތިބާ ބޮޑުވެ މީހަކަށްވެ ކައިވެނިކޮށްގެން ދިރިއުޅެނިކޮށް އެކަނިވެރިވާންޖެހުނިއްޔާ ރިޒުޤް ނުލިބިގެން މަރުވާންޖެހޭނެ ކަމަށް ޤަބޫލުކުރަންވީ ކީއްވެގެންހެއްޔެވެ؟ ދެން އޮތީ ގާތުގައި ދަރިން ތިބިކަމެވެ. ބަލަ ﷲ ތަޢާލާ އެކުދިން ދުނިޔެއަށް ފޮނުއްވެވީ ރިޒުޤާއިއެކުގައި ނޫންހެއްޔެވެ؟ ދެން އޮތީ ދަތިޙާލުގައި އުޅެންޖެހުމެވެ. ބަލަ އެއީ ކުރިމަތިކުރައްވަވާ އިމްތިޙާނެއް ނޫންހެއްޔެވެ؟ 

އިތުރު މިޘާލެއް ބުނެލާނަމެވެ. ތިބާ އިމްތިޙާނެއް ހެދުމަށް ހޯލަށް ވަނުމުން ސުވާލުކަރުދާސް ދީފިއެވެ. ތިބާ ޖަވާބެއް ނުދެއެވެ. ހަމަ ރޮއި ކަރުނަ އަޅަނީއެވެ. ވަޤުތު ހަމަވެގެން ކަރުދާސްގަނޑު ބަލައި އައިއިރު ކަރުދާސްގަނޑު އޮތީ ކަރުނައިން ފޯވެފައެވެ. ދެން ޤަބޫލުކުރަންވީ އެހައި ގިނައިން ތިބާ ރުއީތީ އިމްތިޙާނުން ފާސްކޮށްދޭނެ ކަމަށް ހެއްޔެވެ؟ އެއީ ކިހިނަކުން ވާނެ ކަމެއް ހެއްޔެވެ؟ 

އަހުރެންނާއި ބައްދަލުވި މީހުން މިހައިތަނަށް ކިޔައިދީފައިހުރި ވާހަކަތަކަށް ބަލައިބުނަމެވެ. އެމީހާގެ ކުށެއް ނެތި ލޯބިވެރިޔާ ގެއްލިއްޖެނަމަ ބަދަލުގައި މާރަނގަޅު މީހަކު ވަނީ ދެއްވަވައިފައެވެ. އަދި ކައިވެންޏަށްފަހު ތިމާގެ ކުށެއް ނެތި އެކަނިވެރިވާންޖެހުމުން ﷲ ތަޢާލާއަށް ވަކީލުކުރިނަމަ، އިމްތިޙާނުގެ ދުވަސްކޮޅަކަށްފަހު ދެއްވަވާ އުފާވެރިކަން މާބޮޑެވެ! 

ވީމާ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަށް ކަންބޮޑުވެ މާޔޫސްވެ ނުނިދި ރޯންޖެހޭބަލި ނުޖހޭށެވެ. ނިދަން އުނދަގޫވެއްޖެނަމަ ނިދިއަންނަންދެން ޛިކުރުކުރާށެވެ. ނަމާދުކުރާށެވެ. ޤުރްއާންކިޔަވާށެވެ. ދުޢާކުރާށެވެ! އެފަދަ އަޅަކު ﷲ ތަޢާލާ މާޔޫސް ނުކުރައްވަވާނެކަން އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ 

މީހުން ހަދާ ދިރާސާތަކަށް ބަރޯސާނުވާށެވެ. ތިމާ ދަންނަ އެކުވެރިންގެ ޙަޔާތަށް ބަލާށެވެ. ބައްދަލުވާ މީހުންނާއި ވާހަކަދައްކައި އޮޅުންފިލުވާށެވެ! މި ދެއްކި ވާހަކަތަކަކީ މުޖައްރިބް ފަރުވާކަން އެނގިގެންދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް