އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްދަތިކަމާ ދަތި އުނދަގޫ ޙާލަތު ކުރިމަތިވުމުން ސަލާމަތްވެހުރުމަށް އެންމެ ފައިދާހުރި ގޮތް-: ޝައިޚް މުޙައްމަދު ހޮބްލޮސް

ހިތްދަތިކަމާ ދަތި އުނދަގޫ ޙާލަތު ކުރިމަތިވުމުން ސަލާމަތްވެހުރުމަށް އެންމެ ފައިދާހުރި ގޮތް-: ޝައިޚް މުޙައްމަދު ހޮބްލޮސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ކޮންމެ މީހަކަށްވެސް ހިތްދަތިކަމާއި ދަތި އުނދަގޫ ޙާލަތު ކުރިމަތިވާނެއެވެ. އެއީ ދުނިޔޭގެ ސުންނަތެކެވެ. އެކަން މެދުވެރިނުވާނެ ގޮތެއް ނުހެދޭނެއެވެ. ނަމަވެސް އެފަދަ ކަންކަން ކުރިމަތިވުމުން ތިމާއަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވެހުރުމަށް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.  

އެއިގެ ތެރެއިން ފުރަތަމަކަމަކަށް އަހުރެން ފާހަގަކުރާނީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅެވެ. "ތިމަން ﷲ ގެ މަތިން ހަނދުމަ ނުކުރާ މީހުންނަށް ދިރިއުޅުމުގަ ދަތި އުނދަގޫ ޙާލަތު ކުރިމަތިކުރައްވަވާނެ" ކަމަށް އޮތް ވަޙި ބަސްފުޅެވެ.  

ދެން ބަލައިލަންވީ "ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ހިތްތަކަށް ހަމަޖެހުން ލިބޭނެ" ކަމަށް އޮތް ވަޙީ ބަސްފުޅެވެ.  

ހަމައެކަނި މި ވަޙީބަސްފުޅަށް ބަލައިލިނަމަވެސް 2 ކަމެއް އެނގިގެންދެއެވެ. ފުރަތަމަ ކަމަކީ ހިތްދަތިކަން ނުވަތަ ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވިނަމަވެސް އެމީހަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހަކުނަމަ އެމީހެއްގެ ހިތަށް ހަމަޖެހުން ދެއްވަވާނެ ކަމެވެ. އެކަން އެގޮތަށް ވެގެން އެދަނީ ކުރިމަތި އެކުރައްވަވަނީ އިމްތިޙާނަކަށްވާތީއެވެ.  

ދެން އެނގިގެން މިދަނީ ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރާ އަޅުންނަށް ހިތްދަތިކަމާ ދަތި އުނދަގޫ ޙާލަތު ކުރިމަތިކުރައްވަވާނެ ކަމެވެ. އެއިރުން އެކަން ވެގެންދާނީ ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމަކަށެވެ. އެއިރުން އެކަން ވެގެންދާނީ މުޅިން ތަފާތު ކަމަކަށެވެ. އެއިރުން އެމީހަކަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.  

ވީމާ ހިތްދަތިކަމާ ދަތި އުނދަގޫ ޙާލަތު ކުރިމަތިވުމުން ސަލާމަތްވެހުރުމަށް އެންމެ ފައިދާހުރި ގޮތަކީ ނުވަތަ ކުރަން އެންމެ ފައިދާހުރިކަމަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމެވެ. ނަމާދުގެ ބޭރުންނާއި 2 އިރުގެ ޛިކުރުތައްކިޔާ ޥަޤުތުތަކުގެ އިތުރުންވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! އެމީހެއްގެ ހިތަށް އުފާވެރިކަން ދެއްވަވާނެތެވެ. އަދި ޙާލަތެއް ކުރިމަތިވިނަމަވެސް ޘާބިތުގެ ހުރުމަށް ހިތްވަރު ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް