އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން އިޞްލާޙްކުރަން، ތޫނުފިލިކުރުވަން ފަދަ ކަންކަމަށް އެދިގެން ފަންޑިތަ ހެއްދުވޭނެތަ؟

ދަރިން އިޞްލާޙްކުރަން، ތޫނުފިލިކުރުވަން ފަދަ ކަންކަމަށް އެދިގެން ފަންޑިތަ ހެއްދުވޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

އަޅުގަނޑުގެ 4 ދަރިންގެ ތެރެއިން އެއް ދަރިފުޅަކީ ތަންކޮޅެއް ބޯހަރު މިޒާޖުގެ ކުއްޖެކެވެ. ކަމެއް ކުރަން ބުނެ އާދޭސްކުރިޔަސް ކުރާނީ އޭނާއަށް އެކަމެއް ކުރަން ފެނުނު އިރަކުން އޭނާ ބޭނުންވާ ވަރަށެވެ. ކިޔެވުމަކަށް ސަމާލުކަމެއް ނުދެއެވެ.

ބައެއް އެކުވެރިން ބުނަނީ ފަންޑިތަ ހެއްދުމުން ރަނގަޅުވެދާނެ ކަމަށެވެ. ނަމަވެސް އަޅުގަނޑަށް މިއުޅެނީ އެބާވަތުގެ ކަމެއްކުރަން ނުކެރިގެންނެވެ. އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި ކުއްޖާ އިޞްލާޙްކުރަން ފަންޑިތަ ހެއްދުން ފަދަ ކަންކަން ކުރަން ހުއްދަވާނެތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައި އެވަނީ ތިއަކަން އޮތްގޮތް އެނގިލައްވާނެ ލިޔުމެކެވެ.  

(ކޮންމެ ކަމަކާއި ގުޅިގެންވެސް) ދީނީ ގޮތުން ކުރަންވާނީ ޝަރީޢަތުގައި ޘާބިތުވާ ކަންތަކެވެ. ކޮންމެ ކަމެއްވެސް ކުރަންވާނީ ޝަރީޢަތުގައިވާ ފަދައިންނެވެ. ޝަރީޢަތް ހުއްދަކުރާ ކަންކަމެވެ. ﷲ ގެ ޙަޟްރަތުގައި ގަބޫލު ކުރައްވަވާނީވެސް އެއިރުންނެވެ. އެހެންނޫން ނަމަ ﷲ އެކަމެއް ގަބޫލްފުޅެއް ނުކުރައްވާނެއެވެ.  

އެގޮތުން ދަރިފުޅު ބަސް ނޭހުމުން ކަހީނެއްގެގާތަށް ގޮސް ފަންޑިތަ ހައްދާ ކަންތައް ކުރުމަކީ ޘާބިތު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކުއްޖާގެ މައިންބަފައިންގެ ހެޔޮ ދުޢާ ކުއްޖާއަށް މާ ފައިދާ ކުރާނެއެވެ.  

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރެއްވިއެވެ. ތިންމީހެއްގެ ދުޢާ މާތް ﷲ ރައްދު ނުކުރައްވައެވެ. އެއީ: "ބައްޕައަކު ދަރިފުޅަށްޓަކައި ކޮށްދޭ ދުޢާ، އަދި ރޯދަވެރިޔާގެ ދުޢާ، އަދި ދަތުރުވެރިޔާގެ ދުޢާ" އެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް