އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސައްކަތް ބުރަވެ ވަޤުތުނުވާކަމަށް ބަލައި ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކޮށް އަދި ޢާއިލާއަށް ދޭނެޖެހޭ ސަމާލުކަން ނުދޭ މީހުންނަކީ ފޭލްވާނެ ބައެއް!: މުފްތީ މެންކް

މަސައްކަތް ބުރަވެ ވަޤުތުނުވާކަމަށް ބަލައި ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކޮށް އަދި ޢާއިލާއަށް ދޭނެޖެހޭ ސަމާލުކަން ނުދޭ މީހުންނަކީ ފޭލްވާނެ ބައެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ﷲ ތަޢާލާ މީސްތަކުން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކުރުމަށެވެ. އަދި ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން އެމީހެއް ޢާއިލާއަށް އަޅާލައި ދޭންޖެހޭ ސަމާލުކަން ދިނުންވެސް ލައްވަވާފައިވަނީ ކުރެވޭ އަޅުކަމެއްގެ ގޮތުގައެވެ. މީސްތަކުންނަށް އޮތީ ޝުކުރުވެރިވުން ނޫން ހެއްޔެވެ؟  

ގިނަ ބައަކު އަވަދިނެތި ތެޅިފޮޅެމުންދަނީ ދުނިޔެއަކީ ސުވަރުގެއަކަށް ނުހެދިގެންނެވެ. ކިތަންމެ ވަރަކަށް ތެޅިފޮޅުނަސް ﷲ ތަޢާލާއަށް ސަޖިދައެއް ނުކޮށް އަނބިދަރިންނަށް އަޅާނުލައި މުޅި ދުވަހު މަސައްކަތުގައި އުޅުނަސް އެކަމެއް ނުވާނެއެވެ. އެއީ ﷲ ތަޢާލާ އެކަން ހިންމަވައި ނުދެއްވަވާނެތީއެވެ.  

ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ދުނިޔޭގައި ލިބޭ ކޮންމެ އެއްޗަކީ ތިބާއާއި ވަކިވެގެންދާނެ އެއްޗެއްކަމެވެ. ސުވަރުގެއިން ދެއްވަވާ އެއްވެސް ނިޢްމަތަކީ އެމީހަކު ބޭނުންވެގެން ހުއްޓައި ވަކިވެގެންދާނެ އެއްޗެއް ނޫންކަމެވެ.  

އަދި މިގޮތަށްވެސް ވިސްނައިލާށެވެ. މީގެ 50،60، 70 އަހަރު ކުރިން ދުނިޔޭގެ އެންމެ މަޝްހޫރު ކާރަކީ ފޯޑް މަރުކާގެ ކާރުކަމަށްވެދާނެއެވެ. އެކަމަކު އެންމެ އަގުބޮޑު ކާރެއްގެ ބޭނުމުގަ މިއަދު އެމަރުކާގެ ކާރެއް ބޭނުންކުރާނީ ކާކުހެއްޔެވެ؟ 

ދެން އޮތީ ޓެކްނޮލޮޖީ އާއި ވަސީލަތްތަކެވެ. އެއީ ފައިދާކުރާ ބޭނުންތެރި އެއްޗެއް ނޫން ކަމަކަށް ނުބުނަމެވެ. އެކަމަކު އަހަރެމެންނަށް އާޚިރަތް ލިބެން އޮތީ އަޅުކަމުގައި ކުރިއަރައި ދިއުމުންނެވެ. އަހަރެމެންގެ ލޮބުވެތި ރަސޫލާ ދުނިޔޭގައި އުޅުއްވެވީ މިޒަމާނުގައި މިހުރި އެއްވެސް ވަސީލަތެއް ނެތިއެވެ. އެހެންކަމާއިއެކުވެސް ﷲ ތައާލާ ރުހިވޮޑިގަންނަވާ މަގުން ކުރިއަށް ވަޑައިގަތުމުގައި ރަސޫލާ ވަނީ ނަމޫނާ ދައްކަވައިފައެވެ. ފަހުންވެސް އަދި ކުރިއަކުންވެސް އެފަދަ މިޘާލެއްވެސް ނުފެންނާނެއެވެ.  

ބުަން މިއުޅޭ ވާހަކައަކީ އެންމެ ފަހުގެ އީޖާދުތައް ހޯދަން މަސައްކަތްކުރަން ހަދައިގެން އާޚިރަތް ނަގައިނުލާށެވެ. އެންމެ މުހިންމު ކަމެއް އާޚިރަތް ހޯދުމަށް ދޭށެވެ. ބޭނުންވެގެން ތިއައުޅޭ ހުރިހާ ކަމެއް ސުވަރުގެއިން ޙާޞިލްވާނެއެވެ.  

މިޘާލަކަށް ހިތަށް އަރުވައިލުމުން ބޭނުންވާ ކަމެއް ޙާޞިލްވާ ޓެކްނޮލޮޖީއެއް އުފެއްދިއްޖެ ހެއްޔެވެ؟ އެުފެއްދޭނެ ހެއްޔެވެ؟ ދުނިޔޭގެ ހުރިހާ ސައިންސްވެރިން އެކުގައި މަސައްކަތްކުރިޔަސް އިންސާނާގެ ހިތަށް އަރާހައިކަމެއް ވަގުތުންވާނެ ޓެކްނޮލޮޖީއެއް ނުއުފެއްދޭނެއެވެ. އެކަމަކު ސުވަރުގޭގައި އޮތީ އެމީހަކު ބޭނުންވާ ކަމެއް ހިތަށް އަރުވައިލުމެވެ. އެކަމެއް ވަޤުތުންވާނެއެވެ. އިން ޝާ ﷲ ވީމާ އެއީ ހަމައެކަނި ސުވަރުގެއަށް ޚާއްޞަވެގެންވާ ކަމެކެވެ. 

ވީމާ ދުނިޔެއިން ނުލިބޭނެ ނިޢްމަތްތައް ހޯދަން މަސައްކަތް ނުކޮށް ސުވަރުގެ ޙާޞިލްކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! 

 

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް