އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާކުރުމަށްފަހު ކެތްތެރިވާ މީހަކަށް އޮތީ ދެދުނިޔޭގަވެސް އުފާވެރިކަން! ނަގާލަން ހެޔޮނުވާނެ!: މުފްތީ މެންކް

ދުޢާކުރުމަށްފަހު ކެތްތެރިވާ މީހަކަށް އޮތީ ދެދުނިޔޭގަވެސް އުފާވެރިކަން! ނަގާލަން ހެޔޮނުވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ކޮންމެ މީހަކު ކޮންމެ ތަނެއްގައި ހުރެގެން ކުރިނަމަވެސް އެދުޢާއި ﷲ ތަޢާލާ އާއި ދެމަދަށް އެއްވެސް ހުރަހެއް ނެތެވެ. އެކަނިހުރެ ކުރިނަމަވެސް އަދި ކިތަންމެ ގިނަ ބައެއްގެ ތެރޭގައި ހުރެގެން ކުރިނަމަވެސް މެއެވެ.

އަހުރެން ހަމަ ޔަޤީންކަމާއިއެކު މިބުނަނީއެވެ. މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ދުޢާއެއް ކޮށްފިނަމަ ވަޤުތުން އެދުޢާއެއް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދެއެވެ. އަޑުއައްސަވައި ވޮޑިގެންވެއެވެ. އަދި އެދުޢާ ދުވަހަކުވެސް "ޑިލީޓެއް" ނުވާނެއެވެ. މާނައަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެމިއޮންނާނެއެވެ.

ގިނަ ބައަކަށް ﷲ ތަޢާލާ އާއި ދުރަށް ޖެހިލެވޭ ސަބަބަކަށްވެފައި އޮންނަނީ ކުރި ކޮންމެވެސް ދުޢާއެއް ޢިޖާބަކުރެއްވެވިކަން އެމީހަކަށް އެނގުން ލަސްވުމެވެ. ނުވަތަ ޢިޖާބަކުރެއްވެވިކަން އެމީހަކަށް ނުއެނގުމެވެ.

އެފަދަ ޙާލަތުގައި ވިސްނައިލަން ޖެހޭ އެންމެ މުހިންމު ކަމަކީ އަހަރެމެންނަށް ފައިދާކުރާނެ ކިތައްކަންތައް އަހަރެމެން ދުޢާކުރުމަކާއި ނުލައި އެކަލާނގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަމުން، މީސްތަކުން ދެކެ ލޯބިފުޅުވެވޮޑިގަންނަވާ މިންވަރު ބޮޑުކަމުން ފުއްދަވައިދެއްވަވާފައިވާކަމެވެ.

ހަމައެކަނި މިކަމަށް ބަލައިލިނަމަވެސް މައްސަލައިގެ ޖަވާބު ލިބިގެންދެއެވެ. އެ ޖަވާބަކީ އަހަރެމެން އެދޭ ކަންކަން ހިންމަވައިދެއްވެވުން ލަސްވަނީ ނުވަތަ އަދި ހިންމަވައި ނުދެއްވަވަނީ އެކަމެއް ހިންމަވައި ދެއްވެވުމުން އެކަމުން އަހަރެމެންނަށް ލިބޭނެ ގެއްލުން އެނގިވޮޑިގެންވާތީ ކަމެވެ. ޝުކުރުވެރިވެ ކެތްތެރިވާން މިޖެހެނީ އެ ސަބަބަށްޓަކައެވެ.

މީސްތަކުންނޭވެ! ޛިކުރްކުރަންވީވެސް އަދި ވީހާ ގިނައިން އެހެން އަޅުކަންކުރަންވީވެސް އެކަމުގެ ސަބަބުން ތިމާއަށް ފައިދާ ހޯދުމަށެވެ! އެކަންކަމަށް ދެއްވަވާ ޘަވާބު ލިބުމުން ފައިދާކުރާނީ އެމީހަކަށެވެ! އެއިން އެއްވެސް ކަމެއް ދުވަހަކު ނުކޮށް މަގުފުރެދި ﷲ ތަޢާލާއަށް ފުރައްސާރަކުރުމުގައި މުޅި އުމުރު ހޭދަކުރިނަމަވެސް އެކަމުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ ޛައްރެއްގެ މިންވަރުގެވެސް އުނިކަމެއް ނެތެވެ. ހުރިހާ ގެއްލުމަކާއި ހަލާކެއް ލިބޭނީ ހަމަ އެކަންކުރި މީހަކަށެވެ!

ވީމާ ތިމާ ކުރި ދުޢާ ޢިޖާބަކުރެއްވެވިކަން ނުއެނގި ލަސްވުމުން އަޅުކަންކުރުމާއި ދުރުހެލިނުވާށެވެ! އަޅުކަންކުރުމުގައި ސާބިތުވާށެވެ! އެކަމުގެ އުފާވެރިކަން ތިބާއަށް ލިބިގެންދާނެކަން ޔަޤީނެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް