އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު
ރަމަޟާންމަހު ރޯދަހިފައިފީމުއެވެ. ގިނަ ބައަކު 6 ރޯދަވެސް ހިފައިފިއެވެ. އެދުވަސްތަކުގައި ވަރަށް ގިނައިން ޤުރްއާންވެސް ކިޔެވިއެވެ. އަދި މިހާރުވެސް ސުންނަތް ރޯދަތައް އަންނަނީ ހިފަމުންނެވެ. ވިސްނާލަންވީ ރޯދަހިފައި ޤުރްއާން ކިޔަވައި ހަދަމުން މިގެންދެވެނީ އެކަމުން ތިމާއަށް ލިބެން އޮތް ފައިދާ އެންމެ ބޮޑަށް ލިބޭނެ ގޮތަށް ހެއްޔެވެ؟
ޝައިޚް އަޙްމަދު ރިމާޒްގެ ބަސްފުޅެއް:
ތިބާ ކިޔަވާ ޤުރުއާން ތިބާއަށްޓަކައި ޤިޔާމަތްދުވަހުން ޝަފާޢަތްތެރިވާނެ! (ތިބާގެ ދިފާޢުގައި ވާހަކަ ދައްކާނެ)! ޤުރުއާނުގެ ޝަފާޢަތް ތިބާއަށް ޙައްޤުވާނީ ކީރިތި ޤުރުއާނަށް އީމާންވެ، ޤުރުއާނަށް ޢަމަލުކޮށް، އަދި ޤުރުއާން ގިނަގިނައިން ކިޔަވައިގެންނެވެ!
އަޅާ ހިފާ ރޯދަ އަޅާއަށްޓަކައި ޤިޔާމަތްދުވަހު ޝަފާޢަތްތެރިވާނެއެވެ. (އެމީހެއްގެ ދިފާޢުގައި ވާހަކަދައްކާނެ)! ރޯދައިގެ ޝަފާޢަތް އެމީހަކަށް ޙައްޤުވާނީ ﷲ އަށްޓަކައި ރޯދަ ހިފައިގެންނެވެ. ރޯދައަށް ރައްކާތެރިވެގެންނެވެ. (ދުލާއި ލޮލާއި ކަންފަތާއި އަތްފައިގެ ގުނަވަންތަކަށް ރައްކާތެރިވެގެން) -- ޝައިޚް އަޙްމަދު ރިމާޒް
Advertisement
16 އޭޕްރީލް 2025