އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެ ލިބުން އެދިގެން ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ކުރެވެން އޮތް 2 ޢަމަލު-

ސުވަރުގެ ލިބުން އެދިގެން ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ކުރެވެން އޮތް 2 ޢަމަލު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ސުވަރުގެއިން ދެއްވަވާނެ ނިޢުމަތްތައް އޮޅުންފިލުވަން ގިނަބައަކު ޝައުޤުވެރިވެއެވެ. އެއީ އެނިޢުމަތްތައް ލިބެން ބޭނުންވާވަރު ބޮޑުކަމުންނެވެ. އެހައި ބޮޑަށް އެނިޢުމަތްތައް ލިބެން ބޭނުންވާއިރު އެނިޢުމަތްތައް ލިބެން މިއޮތީ ސުވަރުގެ ވަދެވިގެންނެވެ. ވީމާ ފުރަތަމަކަމަކަށް އޮތީ ސުވަރުގެ ލިބުން އެދިގެން މަސައްކަތްކުރުމެވެ.

ޖުމުލަކޮށްލާފައި ބުނާނަމަ އަހަރެމެން ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ސުވަރުގެ އެދިގެންނެވެ. އެންމެ ބޮޑު ބޭނުމަކީވެސް ސުވަރުގެ ވަނުމެވެ. އެހެންކަމަށްވާއިރު އެކަމަށް އެންމެ ފަސޭހައިން މަގުފަހިވާނެ ކަންކަން ކުރަން ފަސްޖެހިފައި މިތިބެވެނީ ކީއްވެގެންބާވައެވެ!

މިޘާލެއްގެ ގޮތުން ފާހަގަކޮށްލާނަމެވެ.

(1) އަނެކާއަށް މާފުކުރާށެވެ!

އޭނާއަށް ކުރެވުނު ކުށުގެ ބޮޑުކުޑަމިނަށް ނުބަލާށެވެ! އޭނާއަށް އެކަން ވިސްނި މާފަށް އެދެންދެންވެސް މަޑުނުކުރާށެވެ! ވީހާއަވަހަކަށް އޭނާއަށް މާފުކުރާށެވެ! އޭނާއަށް ކުރެވުނީ ކުށެއްކަން ވިސްނި މާފަށް އެދިއްޖެނަމަ މާފުކުރަން ވަކިންބޮޑަށް އަވަސްވެގަންނާށެވެ! އެއީ އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ޢާއިލާގެ އެހެން މީހަކު ކަމުގައިވެއްޖެނަމަ ދީލަތިކަމާއިއެކު މާފުކުރުމުގައި އަވަސްވެގަންނަން ޖެހޭނެއެވެ.

މީސްތަކުންނޭވެ! އެއްވެސް މީހަކަށް މާފުކުރަންވީ އޭނާގެ ކިބައިން ހެޔޮކަމަކަށް ނުވަތަ ނާޖާއިޒް ފައިދާއަކަށް އެދިގެނެއް ނޫނެވެ. ﷲ ތަޢާލާ ލައްވަވާނެ ބޮޑު ހެޔޮ ރަޙމްތަށް އެދިގެންނެވެ. ހަމައެކަނި މިތަންކޮޅަށް ވިސްނައިލާށެވެ. މީސްތަކުންނަށް ޢަފޫކުރައްވަވާ އަޅުންނަށް ﷲ ތަޢާލާ ޢަފޫކުރެއްވެވުމުގައި ދީލަތިވެވޮޑިގަންނަވާމެވެ.

ﷲ ތައާލާ ދީލަތިވެވިޑިގަތުމަކީ ސީދާ ސުވަރުގެ ލiބުން ނޫންހެއްޔެވެ؟

(2) މީސްތަކުންނަށް އެހީތެރިވާށެވެ. ﷲ ތަޢާލާގެ އަޅަކަށް އެހީތެރިވުމުގައި މީހަކު ވާހައި ހިނދަކު ނުވަތަ ދެމިހުރިހައި ހިނދކު ﷲ ތަޢާލާ ވޮޑިގެންވަނީ އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައެވެ. ﷲ ތަޢާލާ މީހަކަށް އެހީތެރިވެވޮޑިގެންދެއްވަވައިފިނަމަ އެމީހަކަށް ލިބޭނީ އެމީހަކު އެދޭ ކަންކަމުގެ ބައިކުޅަބައެއް ނޫނެވެ. އެމީހެއްގެ ހިތް ފުރިގެންދާނެ މިންވަރަށެވެ.

ވީމާ އެމީހަކަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބިއްޖެނަމަ އެމީހަކު ހުންނާނީ ސުވަރުގޭގައެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ތަކުގައެވެ. އިން ޝާ ﷲ

މިއީ ސުވަރުގެއަށް ދިއުމަށް ސީދާ ފްލައިޓުން ޓިކެޓް ލިބެން އޮތް އުންމެ ފަސޭހަމަގު ކަމަށް ބުނެ ހާމަކޮށް މިދިނީ ވަރަށް ފަސޭހައިން ކޮށްލެވެން އޮތް 2 ކަމެކެވެ. އެއިން ކަމެއް ކޮށްލައިގެން މިޘާލަކަށް މީހަކަށް، މާފުކޮށްގެން ނޫނީ މީހަކަށް، އެމީހެއްގެ ފެންވަރުން އެހީތެރިވެދީގެން ފްލައިޓަށް އަވަހަށް އަރަންވީ ނޫންހެއްޔެވެ؟ ދެމަފިރިން އެކަކު އަނެކަކަށް މާފުކުރުމުގެ ފުރުޞަރު ކޮންމެ ދުވަހަކުހެން ލިބޭއިރު އެކަކު އަނެކަކަށް މާފުކޮށް އަވަހަށް ބޯޑިންގޕާސް ހޯދަން މަސައްކަތްކުރަމާ ހިނގާށެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް