އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މަތިވެރި ދަރަޖަ ބޭނުންނަމަ އަނބިން ވާންޖެހޭނީ ގޭގައި ހުންނަ އޭސީތައް ފަދަ ބައަކަށް!: ޑރ. ނޫމާން ޢަލީޚާން

އެންމެ މަތިވެރި ދަރަޖަ ބޭނުންނަމަ އަނބިން ވާންޖެހޭނީ ގޭގައި ހުންނަ އޭސީތައް ފަދަ ބައަކަށް!: ޑރ. ނޫމާން ޢަލީޚާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

ފިރިން އަނބިންނަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަރަށް ގިނައެވެ. ކާންބޯން ދިނުމާއި ފޭރާން ދިނުމާއި ބޭސްފަރުވާކޮށްދިނުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މިހެން ގޮސް އަނބިމީހާއަށް ބޭނުންވާނެ ހުރިހާ ކަންކަން ފޯރުކޮސްދޭންޖެހެއެވެ. 

ސުވާލަކީ މިހުރިހާ ކަމެއްގެ ބަދަލުގައި އަނބިމީހާ ކޮށްދޭންޖެހެނީ ކޮންކަމެއް ހެއްޔެވެ؟ އަނބިމީހާ ކޮށްދޭންޖެހޭ ކަންކަމުގެ ތެރެއިން 2 ކަމެއް ފާހަގަކޮށްލާނަމެވެ. މި 2 ކަންތައް ފުރިހަމަކޮށްފިނަމަ އޭނާއަށް އެންމެ މަތީ ދަރަޖަ ދެއްވަވާނެތެވެ. އިން ޝާ ﷲ 

ފުރަތަމަ ކަމަކީ ގޭތެރެ ފިނިކޮށްދީ ފިނިކަން ދެމެހެއްޓުމެވެ. ހޫނުވިޔަ ނުދިނުމެވެ. މިއީ ގޭގައި ހަރުކޮށްފައި އޭސީތަކުން ކުރާ ކަމެކެވެ. އެެހންވީމާ ދެން އުފެދޭނެ ސުވާލަކީ އެކަން އަނބިމީހާކުރާނީ ކިހިނަކުން ހެއްޔެވެ؟ 

އެކަންކުރާނެ ގޮތަކީ ގޭތެރޭގައި ޖެހޭ މައްސަލަތައް ހޫނުވިޔަނުދީ ޙައްލުކުރުމެވެ. ޢާއިލީ ގުޅުން އެންމެ ރަނގަޅު ގޮތުގައި ދެމެހެއްޓުމެވެ. ކަމެއް ދިމާވުމުން ފިތުނައަކަށްވިޔަނުދީ އެކަމެއް ޙައްލުކުރުމެވެ. އެއީ ދަރިންގެ މެދުގައި ނުވަތަ ޢާއިލާގެ ކޮންމެ ބައެއްގެ މެދުގައި އުފެދޭ މައްސަލައެއް ނަމަވެސްމެއެވެ. 

ދެން ސުވާލަކަށްވާނީ އެހެން މީހުން ފިތުނަ އުފައްދާނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެހެންކަމަށްވާނަމަ ފިރިމީހާއަށް ވިސްނައިދީގެން ފިތުނަ އުފައްދާ މީހުންނާއި ވަކިން ދިރިއުޅެވޭނެ ގޮތެއް ހޯދަން މަސައްކަތްކުރާނީއެވެ. އެޙާލަތުގައިވެސް ދޮގުހަދައި މައްސަލަ ބޮޑުކުރަން މަސައްކަތްކޮށްގެން ނުވާނެއެވެ. 

ދެން ބަލައިލަންވީ ދެވަނަ ކަންތަކަށެވެ. އެކަމަކީ ފިރިމިހާ ނެތްތަނުގައި ފިރިމީހާއަށް ތެދުވެރިވުމެވެ. ފިރިމީހާ ނުކުރަން ބުނާ ކަންކަން ނުކުރުމެވެ. ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ހުރިހާ ކަމެއްގައިވެސް ފިރިމީހާއަށް ކިޔަމަންތެރިވުމެވެ. ފރިމީހާއަށް އެއްވެސް ކަމެއް ސިއްރުނުކުރުމެވެ. ފިރިމިހާ އެދިއްޖެ ކޮންމެ ވަޤުތަކު ފޯނުހުޅުވާލައި ފިރިމީހާގެ އަތަށް ފޯނު ދިއްކޮށްލެވޭނެ ގޮތަށް ފޯނުގެ ބޭނުން ކުރުމެވެ. 

މިކަންކަން ފުރިހަމަކޮށްފި އަންތބެއްގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ. ސަބަބަކީ މިކަންކަމަކީ އަނބިމިހާގެ މައްޗަށް ހުރި ވާޖިބުތައް ކަމަށްވާތީއެވެ. އަހުރެން މިކިޔައިދިން ހުރިހާ ތަފްޞީލުތަކެއް ބަޔާންވެގެން ނުވިނަމަވެސް މިކަންކަމަކީ އަނބިމީހާގެ މައްޗަށް ހުރި ވާޖިބުތައްކަން ކީރިތި ޤުރްއާނުން އެނގެން އޮތަތީއެވެ.

 

- ޑރ. ނޫމާން ޢަލީޚާންގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް