އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް މީހަކު ދެކެވެސް އަދި ޖިންނި ޝައިޠޯނުންދެކެވެސް ބިރުނުގަނެ ހުރެވޭނެ މަގު-

އެއްވެސް މީހަކު ދެކެވެސް އަދި ޖިންނި ޝައިޠޯނުންދެކެވެސް ބިރުނުގަނެ ހުރެވޭނެ މަގު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

ޙަޤީޤަތާއި އެއްގޮތަށް ތެދަށް ބުނާނަމަ މީހުން ދެކެ ބިރުގަންނަ މީހުން ވަރަށް ގިނަވާނެއެވެ. އަބަދުވެސް ހުންނާނީ މީހަކު ކޮށްފާނެ ކަމަކަށް ބިރުން ތުރުތުރު އަޅައަޅައެވެ. ކޮންމެވެސް މީހަކު ކޮށްފާނެ ކަމަކަށެވެ. ބުނެފާނެ ބަހަކަށެވެ. އެންމެ ގިނަ ބައަކު ބިރުގަންނާނީ އެމީހަކަށް ކުރެވިފައިވާ ކަންކަން ބޭޒާރުކޮށްލައިފާނެތީއެވެ. 

މިހުރިހާ ކަމެއްވެސް މިދިމާވަނީ ހަމައެންމެ ކަމަކުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިނުވެވޭތީއެވެ. ފާފަތައް ކުރެވޭތީއެވެ. ކުށްތައް ކުރެވޭތީއެވެ. އެހެންމީހުންގެ ނަފްރަތުލިބޭނެ ކަންކަން ކުރެވޭތީއެވެ. ކުރުގޮތަކަށް ބުނާނަމަ ތިމާ ކުށްވެރިވެ ފަޟީޙަތްވާނެ ފަދަ ކަންކަން ކުރެވޭތީއެވެ.   

ދެން އެންމެ ގިނަބައަކު ބިރުގަންނަނީ ޖިންނި ޝައިޠޯނުން ދެކެއެވެ. އެމީހުންނަށް މާދުރުން އަލިކަމެއް ފެނުނަސް މާބުރެއް ގޮވާލާ އަޑުއިވުނަސް ހީވާނީ ކޮންމެވެސް ޖިންނިއެއްގެ ކަމެއް ކަމަށެވެ. މީގެ އިތުރުން އަބަދުވެސް އެމީހުންނަށް ޝައިޠޯނާގެ ވަސްވާސްތައް ލިބިލިބި ތިބޭ ބައަކުވެސް އުޅެއެވެ. 

މީސްތަކުންނޭވެ! މިފަދަ ހުރިހާ ކަންކަންވެސް މެދުވެރިވަނީ ހަމަ ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭތީއެވެ. ފާފަތައް ކުރެވޭތީއެވެ. ވީމާ ފާފަކުރުން ހުއްޓާލާފައި ﷲ ތަޢާލާއަށް ބިރުވެތިވާން މަސައްކަތްކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާން މަސައްކަތްކުރުމަކީ ފާފަކުރުން ހުއްޓާލާފައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާން މަސައްކަތްކުރުމެވެ. 

މީސްތަކުންނޭވެ! ޙަރާމް ތަކެތި ނުކާށެވެ! މީހުންގެ ޙައްޤުތަކަށް އަރައިނުގަންނާށެވެ! މީހުންނަށް ދެރަ ލިބި ހިތުގަ ޖެހޭނެ ކަންކަންވެސް ނުކުރާށެވެ! އެކަންކަމުގެ އަސަރު އެވަޤުތު ނުކޮށްފާނެއެވެ. އެހެނަސް 30 އަހަރު ފަހުން ނަމަވެސް ތިބާ ތައުބާނުވެ ހުރިނަމަ އެކަމުގެ އުނދަގޫތައް ފޯރާނެއެވެ.  

ރަނގަޅަށް އުޅޭ މީހުންނަށް ޖިންނި ޝައިޠޯނުންގެ އުނދަގޫތައް ފޯރާނަމަ ފުރަތަމަ ކަމަކަށް އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ބޮޑީގާޑުންގެ ބޭނުންކުރެވޭ މިންވަރާއިމެދު ވިސްނައިލާށެވެ! އާޔަތުލްކުރިއާއި 3 ސޫރަތާއި ދެންވެސް ކިޔަންހުރި ޛިކުރުތަކަކީ ކޮންމެމީހަކަށްވެސް ﷲ ތަޢާލާ ދެއްވަވާފައިވާ ބޮޑީގާޑުންނެވެ. ވީމާ ބޮޑީގާޑުންގެ ބޭނުން ނުކުރާ މީހަކަށް އެހެން ފަރާތަކުން ގެއްލުން ދިނުމުން ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް