އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނަކަސް ފިރިހެނަކަސް "މޫޑް" ނައިސްގެން އަޅުކަންކުރަން ފަސްޖެހެވޭނަމަ އެއީ އެންމެ ބިރުވެރި އެއްކަންތައް! އޮތީ ފޮނުއްވަވައިފާނެ ކޯފާއަކަށް ބިރުވެތިވުން!: ބިލާލް އައްސަދު

އަންހެނަކަސް ފިރިހެނަކަސް "މޫޑް" ނައިސްގެން އަޅުކަންކުރަން ފަސްޖެހެވޭނަމަ އެއީ އެންމެ ބިރުވެރި އެއްކަންތައް! އޮތީ ފޮނުއްވަވައިފާނެ ކޯފާއަކަށް ބިރުވެތިވުން!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

އަހުރެމެންގެ ތެރެއިން ބައެއް މީހުން އަޅުކަންކުރަން ބޭނުންވެއެވެ. އެކަމަށް ވިސްނައެވެ. ނަމަވެސް "މޫޑް" ނުހުންނާތީ ފަސްޖެހެވެނީއެވެ. އަޅުކަން ނުކުރެވެނީއެވެ. އެހެންކަމަށްވާނަމަ އެމީހަކު އެހުރީ ވަރަށް ނުރައްކައުތެރި ޙާލަތެއްގައެވެ.  

އެއިރުން އެނެގެނީ އެމީހާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނުވާކަމެވެ. އެއަށްވުރެ ބޮޑު ނުރައްކާތެރި ޙާލަތެއް މީހަކަށް ކުރިމަތިވާނެ ހެއްޔެވެ؟ އަހުރެން ބުނާނީ ނުވާނެ ކަމަށެވެ. އެފަދަ މީހުންނަށް އޮތީ ﷲ ތަޢާލާ އެމީހަކަށް ފޮނުއްވަވައިފާނެ ކޯފާއަކަށް ބިރުވެތިވެގެން ހުރުމެވެ.  

އެއިގެ ބަދަލުގައި އަޅުކަންކުރާހިތްވުމާއި އަބަދުވެސް އަޅުކަންކުރަން ބޭނުންވެގެން ހުރެވޭނަމަ އަދި ބޭނުންވާ ވަރަށް އަޅުކަން ކުރެވޭނަމަ އެއީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާކަމުގެ ހެއްކެކެވެ. 

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެނަމަ އެމީހަކު ނަމާދުކުރުން (ރަކްއަތްތައް) ދިގުކުރާނެއެވެ. ރުޚޫއަށް ނުގޮސް ގިނަ އިރު ކިޔަވަން ހުންނަން ބޭނުންވާނެއެވެ. ޤުރްއާނުގެ އެންމެ ޞަފްޙާއެއް ކިޔަވާލަން ބޭނުންވެގެން ކިޔަވަން ފަށައިފިނަމަ އެތައް ބައިވަރު ޞަފްޙާތަކެއް ނުކިޔަވައި ހުއްޓައިލާ ހިތެއް ނުވާނެއެވެ. އެއިގެ އިތުރުން އަބަދުވެސް ހުރެވޭނީ ކިތަންމެ ކުޑަނަމަވެސް ހެޔޮކަމެއް ކުރުމުގެ ފުރުޞަތަކަށް ބަލަބަލައެވެ.  

މިދަރަޖައަށް ދެވޭނީ އެކަމަށް އެދިގެން މަސައްކަތްކުރާ އަޅުންނަށެވެ. ވީމާ މަސައްކަތްކުރަންވީ އެދަރަޖައަށް ދެވޭތޯއެވެ. މަސައްކަތްކުރާ މީހުންނަށް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް