އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ދުނިޔެފަހާ ދުވަނީއެވެ! މަރު ތިބާ ފަހާ ދުވަނީއެވެ!

ތިބާ ދުނިޔެފަހާ ދުވަނީއެވެ! މަރު ތިބާ ފަހާ ދުވަނީއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ރަނގަޅަށް ހިސާބުކޮށް ބަލައި ހޯދާށެވެ! ކޮންމެ ވަޤުތަކުވެސް މަރު އައިސް ތިމާއާއި ބައްދަލުކޮސްފާނެ ކަމަށް ވިސްނައި ބިރުވެތިވެ، އެކަމަށް ތައްޔާރުވާން މަސައްކަތްކުރަނީ ކިތައް މީހުންކަން އެނގޭތޯ ބަލައިބަލާށެވެ! އަހުރެން ބުނާނީ ހަމަ ސަތޭކައަކުން އެކަކުހައި މަދު މީހަކު ނޫނީ އެކަމަށް ނުވެސް ވިސްނާކަމަށެވެ. ވީމާ އަޑުއަހާށެވެ! 

ތިބާ ދުނިޔެ ފަހައި ދުވަނީއެވެ! މަރު ތިބާ ފަހައި ދުވަނީއެވެ. ހިތާމައަކީ ކޮންމެ މީހަކަށްވެސް  އެކަން އެނގޭއިރުވެސް އެކަމަށް ސަމާލުކަން ނުދެވޭކަމެވެ. 

ކޮންމެ ދުވަހަކުވެސް ގާތް އެކުވެރިން ދުނިޔެ ދޫކުރެއެވެ. ޒުވާން އުމުރުގައެވެ. މެދު އުމުރުގައެވެ. އުމުރުން ދުވަސްވާފަހުންވެސްމެއެވެ. އެމީހުންގެ ޖަނާޒާތަކުގައި ބައިވެރިވެސްވަމުއެވެ. ނަމަވެސް ޢިބްރަތެއް ޙާޞިލުކުރެވޭ ކަމަކަށް ނުވެއެވެ. 

ޖަނާޒާގެ ވަގުތުގައި ކޮންމެވެސް ވަރަކަށް އަސަރުވެސްކުރެއެވެ. ޖަނާޒާ ނިންމާފައި ސަހަރާއިން ނުކުންނައިރު އެކަން ހަނދާނުގައި ހުންނަ ކަމަކަށްނުވެއެވެ. ކުރެވެނީ ފާފަތަކެވެ. ތިމާގެ ފަހަތުން މަރު އެބަ އަންނަކަމަށް ވިސްނައިލުމެއްވެސް ނެތިއެވެ. 

މީސްތަކުންނޭވެ! އެގޮތަށް ކަންކަން ކުރުން އަވަހަށް ހުއްޓައިލާށެވެ! ގިނަގިނައިން މަރުހނދާންކުރާށެވެ. ތިމާ އާއި އެންމެ ގާތުގައިވަނީ މަރުކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ! ދުރުން އަންނަ ޠޫފާން ލޮލަށް ފެނެއެވެ. ސަލާމަތްވާން މަސައްކަތްކުރުމުގެ ފުރުޞަތުވެސް ލިބެއެވެ. އަދި އިރާދަކުރައްވަވައިފި އަޅަކު ސަލާމަތްވެސް ވެއެވެ. 

ނަމަވެސް މަރެއް ނުފެންނާނެއެވެ. މަރުގެމަލާއިކަތާ މަރުހިއްޕަވަން ވަޑައިގެން ލޮލަށް ފެންނަ ހިސާބުން މީހާގެ ހުރިހާ ބާރުތައް ކެނޑިގެންދާނެއެވެ. ހިނދުކޮޅަކަށްވެސް އިތުރު ފުރުޞަތެއް ނުލިބޭނެއެވެ. 

މިހުރިހާ ކަންކަމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަންކަމެވެ. ހިތާމައަކީ ބިރުވެތިނުވެވޭކަމެވެ. ފާފަތައް ކުރަމުން ގެންދެވޭކަމެވެ. ތައުބާވުން ލަސްކުރެވޭ ކަމެވެ. ވީމާ މިކަންކަން އަވަހަށް އިޞްލާޙްކޮށްލަމާ ހިނގާށެވެ! ގިނަގިނައިން މަރުހަނދާންކުރާ މީހަކަށްވެގެން ނޫނީ ޢަމަލުތައް އިޞްލާޙެއް ނުކުރެވޭނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް