އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު
ރޭގަނޑުގެ ނިދިން ހޭލާގަޑިގައި ދުޢާ ކުރާށެވެ! ޢިޖާބަ ކުރައްވަވާނެތެވެ! އިން ޝާ ﷲ
އަދި ނިދިން ހޭލާގަޑީގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާ ކިޔާށެވެ!
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
"ރޭގަނޑުގެ ނިދިން ހޭލުމަށްފަހުގައި لا إله إلا الله والله أكبر ولا حول ولا قوة إلا بالله އޭ ކިޔައި، މި އަޅާގެ ފާފަ ފުއްސަވާފާންދޭވެ، މިހެންކިޔާ ދުޢާކޮށް، ނުވަތަ އެނޫންވެސް ދުޢާ އެއް ކޮށްފި މީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. އަދި ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އެނަމާދެއް ގަބޫލުކުރައްވާނެއެވެ".
لا إله إلا الله والله أكبر ولا حول ولا قوة إلا بالله
والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
19 އޭޕްރީލް 2025