އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވުޟޫކޮށްގެން އެވުޟޫމަތީގަ ހުރެ ފަރުޟް 2 ނަމާދު ކުރެވިދާނެތަ؟

ވުޟޫކޮށްގެން އެވުޟޫމަތީގަ ހުރެ ފަރުޟް 2 ނަމާދު ކުރެވިދާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ވުޟޫކޮށްގެން އެވުޟޫމަތީގަ ހުރެ ފަރުޟް 2 ނަމާދު ކުރެވިދާނެތަ؟ މިޘާލަކަށް މެންދުރުނަމާދަށް ކުރާ ވުޟޫމަތީގަހުރެ ޢަޞްރުނަމާދުވެސް ކުރެވިދާނެތަ؟ މަޣްރިބް ނަމާދަށް ކުރާ ވުޟޫމަތީގައި ހުރެ ޢިޝާނަމާދުވެސް ކުރެވިދާނެތަ؟  

މެންދުރު ނަމާދަށް ކުރާ ވުޟޫ ނުގެއްލޭ ކަމަށް ވަނީ ނަމަ އެވުޟޫމަތީގައި ހުރެގެން ޢަޞްރުނަމާދުވެސް އަދި އޭގެ ފަހުން އަންނަ ނަމާދުތައް ވެސް ކުރެވިދާނެއެވެ. واللهأعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

Anas ibn Malik reported: The Prophet, peace and blessings be upon him, would perform ablution at the time of every prayer. ‘Amr said, “How would you do so?” Anas said, “It is permissible for one of us to maintain ablution for multiple prayers, as long as he does not become ritually impure.”

Source: Ṣaḥīḥ al-Bukhārī 248

Grade: Sahih (authentic) according to Al-Bukhari  

މި ހަދީޘްފުޅުންވެސް އެނގިގެންދަނީ ވުޟޫ ނުގެއްލޭނަމަ ވުޟޫމަތީގަ ހުރެ 2 ނަމާދުވެސް އަދި އެހެން ނަމާދުތައްވެސް ކުރެވިދާނެކަމެވެ. ހަމައެއާއިއެކު ކޮންމެ ނަމާދަކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ވުޟޫ ކުރެއްވެވިކަމެވެ. ވީމާ ތަކްލީފަކަށް ނުވާނަމަ ކޮންމެ ފަރުޟް ނަމާދަކަށް ވުޟޫ އައުކޮށްލުން މޮޅުއިތުރުވެގެންވާކަމަށް ޢިލްމްވެރިން ބަޔާންކުރައްވައެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް