އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 5 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ވުޟޫ ކުރުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ފާފަތައް ފުއްސެވުމަށް އޮތް ސަބަބެއް ކަމުގައިވެއެވެ. އަދި އެއީ ނަމާދު ގަބޫލު ކުރެއްވުމަށް އޮތް ޝަރުތެކެވެ. ވީމާ ވުޟޫކުރާއިއރު ވީހާ ފުރިހަމައަކަށް ވުޟޫކުރަން ސަމާލުކަންދޭންޖެހޭނެއެވެ.
ވުޟޫ އަކީ އެންމެ މަތިވެރި އަޅުކަމެކެވެ. އަދި ވުޟޫގެ ތަޢުރީފަކީ ހަތަރު ގުނަވަނެއްގައި އެބަހީ މޫނާއި ދެއަތާއި ބޮލާއި ދެފައިގައި ﷲ ތަޢާލާއަށް އަޅުކަން ކުރުމުގެ ގޮތުން ފެން އިސްތިޢުމާލު ކުރުމެވެ.
ވުޟޫކުރުމާއިބެހޭގޮތުން ވަރަށް ތަފްޞީލްކޮށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ވީމާ އަޅުގަނޑުގެ ބޭނުމަކީ ވުޟޫޢުކުރުމުގެ ފަރުޟުތަކާއި ސުންނަތްތައް ފުރިހަމައަށް އަދާކުރުމަށް ހަނދުމަކޮށްދިނުމެވެ. ސަބަބަކީ ވުޟޫކުރަން ޖެހޭ ގޮތަށް ނޫން ގޮތަކަށް، ފަރުވާކުޑަކޮށްލައިފިނަމަ ވުޟޫކޮށްގެން ކުރަންޖެހޭ އަޅުކަން ޞައްޙަ ނުވާނެތީއެވެ. މިގޮތުން އެންމެ ބޮޑަށް ބިރުވެތިވާންވީ ނަމާދުކުރުމަށާއި ކީރިތި ޤުރްއާނުގައި ބީހުން ފަދަ ކަންކަމުގައެވެ.
މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ މާއިދާ ސޫރަތުގެ 6 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ ﴿٦﴾
މާނައީ:" އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން قصد ކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން طاهر ވެގަންނާށެވެ! އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ طاهر ވެލީން ތިޔަބައިމީހުން تيمّم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ. (6)"
ވުޟޫގެ ފަރުޟުތައް:
ނިޔަތްގަތުން
އެއްފަހަރު މޫނު ދޮވުން
ދެއަތް ދެ އޮޅަބޮށިކަށްޓާއެކު ދޮވުން
ބޮލުގައި ފެންފުހުން
ދެފައި ދެތަނބިކަށްޓާއެކު ދޮވުން
އިސްވެދިޔަ ފަރްޟުތައް ތަރުތީބުން ކުރުން
ވުޟުގެ ސުންނަތްތައް:
ފަށާއިރު ބިސްމި ކިޔުން
ދަތް އުނގުޅުން
ތިން ފަހަރު ދެއަތް ދޮވުން
ތިންފަހަރު ކޯ ދޮވުން
ނޭފަތައް ތިން ފަހަރު ފެންލުމަށްފަހު ބޭރަސް ފޮޅާލުން
ތުނބުޅި ވިނަވާލުން
އިނގިލިތައް ވިނަވާލުން
ވުޟޫގެ ގުަނަވަންތައް ތިންފަހަރަށް ދޮވުން
އެއްފަހަރު އަދި ދެފަހަރަށް ދޮވުން
ކަނާތްކިބަ އިސްކުރުން
އަތް އުނގުޅާލުން
މުވާލާތުކުރުން
ދެކަންފަތުގައި ފެން ފުހުން
އަލްޣުއްރު ވައް ތަޙްޖީލް ދިގުކުރުން: ގުނަވަންތައް ދޮވުމުގައި ތަންކޮޅެއް ބޮޑަށް ދޮވެލުން
ފެނުން އިޤްތިޞާދުކުރުން
ވުޟޫކުރުމަށްފަހު ދުޢާކުރުން
ވުޟޫކުރުމަށްފަހު ދެރަކުޢަތް ނަމާދެއް ކުރުން
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައި ވެއެވެ. (( لاَيَقْبَلُ اللهُ صَلاَةَ أَحَدِكُمْ إِذَا أَحْدَثَ حَتَّى يَتَوَضَّأَ)) [رواه مسلم برقم223]
މާނައީ: "ތިޔަބައިމީހުން ކުރެ އެކަކުވެސް ޙަދަޘްވެރި ވެއްޖެއްޔާ އޭނާ ވުޟޫކޮށްފުމަށް ދަންދެން އޭނާގެ ނަމާދު ﷲ ޤަބޫލުނުކުރައްވައެވެ."
Advertisement
19 އޭޕްރީލް 2025