އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމީހެއްގެ ބޭނުންތައް ފުދި އުފަލުގައި އުޅެވުމަށް އެދޭމީހާ ޔަތީމްކުދިންނަށް ދީލަތިވާށެވެ!

އެމީހެއްގެ ބޭނުންތައް ފުދި އުފަލުގައި އުޅެވުމަށް އެދޭމީހާ ޔަތީމްކުދިންނަށް ދީލަތިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު

ޔަތީމްކުދިން ވަރަށް ގިނައެވެ. އެއިގެ ތެރެއިން ގިނަކުދިންނަކީ ވަރަށް ދަތިޙާލުގައި އުލެންޖެހިފައިވާ ކުދިންނެވެ. އެހެންކަމުން ތަނަވަސްކަން ހުރި މިންވަރަކުން ޔަތީމްކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭންވީ އެކަމުގެ ސަބަބުން ތިމާއަށް ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތަށް އެދިގެންނެވެ.  

އަޅުގަނޑުމެން ބަލަންވީ ޔަތީމްކުއްޖާގެ މުދަލުން މިންވަރެއް ނެގޭނެ ގޮތަކާއިމެދަކު ނޫނެވެ. ނުނަގައި އެކުއްޖާއަށް ގިނަކޮށްދެވޭނެ ގޮތަކާއިމެދުގައެވެ. އެހެނީ ޔަތީމްކުދިންނަށްޓަކައި ކުރެވޭ ހޭދައަކީ އެންމެ މަތިވެރި ހޭދައިގެ ތެރެއިންވެސް މަތީގައިވާ ހޭދައެކެވެ.  

މައިންބަފައިން ނިޔާވުމުން މުދައު ބަހުމުގައި އެކުދިންނަށްވެސް ބައެއް އެޅިފައިވުމުން އެކުދިންގެ އެކައުންޓުގައިވެސް ފައިސާ ހުރެދާނެއެވެ. އެކުއްޖާއަށް ކޮންމެހެން ކުރަންޖެހޭ ހޭދަކުރަން އެފައިސާ ބޭނުން ކުރެވިދާނެއެވެ. އެކަން ހުއްދައެވެ. އެހެނަސް ވިސްނައިލަންވީ އެކުއްޖާގެ އެކައުންޓުން ނުނަގައި އެކުއްޖާގެ ބޭނުންތައް ފުއްދައިދީ އެކުއްޖާއަށް ބޭސްފަރުވާކޮށްދީ، އެކުއްޖާއަށް ކިޔަވައިދީ ރަނގަޅު ގޮތުގައި ބަލައި ބޮޑުކޮށްފިނަމަ ދެއްވަވާނެ ގިނަގުނަ ޘަވާބަށެވެ.  

bu Darda reported: The Messenger of Allah, peace and blessings be upon him, said,

“Bring the orphan close to you, pat his head, and feed him with the same food you eat. It will soften your heart and fulfill your need.”

Source: Makārim al-Akhlāq lil-Kharā’iṭī 661

Grade: Hasan (fair) according to Al-Albani  

އިމާމް އަލްބާނީ ޞަޙީޙް ކަމަށް ބަޔާންކުރައްވަވާފައި މި ހަދީޘްފުޅުން އެނގިގެންދަނީ ޔަތީމްކުދިން ގެންގުޅެ އެކުދިންނަށް ހެޔޮކޮށް ހިތައި، ލޯބިދީ، އެކުދިންގެ ބޮލުގައި ފިރުމައި ތިމާކައިއުޅޭއެއްޗަކުން ކާންދީ ހެދުމަކީ އެމީހެއްގެ ހިތް މަޑުމޮޅި ކުރައްވަވައި އަދި އެމީހެއްގެ ބޭނުންޔައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ޢަމަލެއްކަމެވެ.  

އަޅުގަޑުބެބައްޕަ ނިޔާވުމުން އާއިލާގެ ކުދިންގެ ކަންތަށްތަށް ބެލެހެއްޓުމުގައިއެންމެ އިސްކޮށް ހަރަކާތް ތެރިވަނީ އަޅުގަޑެވެ. އަޅުގަކީ އާއިލާގެ އެންމެބޮޑު ފިރިހެން ކުއްޖާވެސް މެއެވެ. ބައްޕަ ނިޔާވުމުން ބައްޕަގެ ނަމުގައިހުރި އެމް.ޓީ.ސީ.ސީގެ 10 ހިއްސާ އަޅުގަޑުމެން ވަނީ އާއިލާގެ އެންމެ ކުޑަކޮއްކޮގެ ނަންމައްޗަށް ބަދަލުކޮށްފައެވެ. އަޅުގަޑުގެ ސުވާލަކީ މި ހިއްސާގެފައިދާ އަޅުގަޑަށް ބޭނުން ކުރެވިދާނެތޯ އެވެ. 10 ހިއްސާއަށް އަހަރަކަށްލިބެނީ ވަރަށް ކުޑައެއްޗެކެވެ. މިއަށްވުރެ މާގިނައިން ކޮށްކޮގެ ކިޔެވުމަށާއި އެހެނިހެން ޚަރަދުތަކަށް އަލުގަޑު ކަރަދުކުރަމެވެ. މިހިއްސާގެ ފައިދާއަށް ލިބޭލާރި ބޭނުންކުރުމުން ޔަތީމުކުއްޖެއްގެ ލާރި ކޭކަމަށްވާނެތޯއެވެ؟ 

ޔަތީމު ކުދިންނަށް އަޅައިލާ އެކުދިންގެ ކަންތައް ބެލެހެއްޓުމަކީ ވަރަށް ބޮޑު ދަރުމަ އާއި ޘަވާބު ލިބެނިވި ކަމެކެވެ. އެހެންކަމުން، ތިޔަކަމުގައި ތެދުވެރިކަމާއި އިޚްލާޞް ތެރި ކަމާއި އެކު ދެމިހުރުމަށް ނަޞޭޙަތްތެރިވަމެވެ. ފަހަރެއްގައިވެސް މީހެއްގެ ފަރާތުން ލިބިދާނެ ރީތި ނަމަކަށް ބެލުމެއް ނެތި ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި ތިޔަކަންތައް ކުރިޔަށް ގެންދާށެވެ. ﷲ ތިޔަ އަޚާ އަށް ހެޔޮ ޖަޒާ ދެއްވަވާށިއެވެ. 

ބައްޕަ ނިޔާވުމުން ބައްޕަގެ މުދާ ބައްޕަ ގެ ހުރިހާ ކުދިންނަށް ވާރުތަވާނެއެވެ. އެހެންކަމުން ބައްޕަގެ ނަމުގައި ހުރި ޙިއްސާތައް ބަހާލަންވާނީ ހުރިހާ ކުދިންނަށް ވާރުތަމުދާ ބެހުމުގެ ގަވާޢިދުގެ ދަށުންނެވެ. ނަމަވެސް، އެހެންކުދިން ހިތުންރުހުމުން އެންމެ ކުޑަކޮށްކޮއަށް އެމުދާ ދީފިނަމަ މައްސަލަ އެއް ނެތެވެ. 

ބައްޕަ ގެ ޙިއްސާތައް މިހާރު ތިއަވަނީ ކޮށްކޮއަށް ދެވިފައި ކަމަށް ސުވާލުން ދޭހަވެއެވެ. އެހެންކަމުން އެމުދާ ކޮށްކޮއަށް ލިބެންވާނެއެވެ. އެންމެ ސަލާމަތްކަން ބޮޑުގޮތަކީ އެމުދަލުގައި ނުޖެހުމެވެ. واللهأعلم

 

- ސުވާލުގެ ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް