އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުދުއްފާރަކީ މީހުން ހިޖުރަކުރި ރަށްތަކުގެ ތެރޭން ވަރަށް ނަމޫނާ ރަށެއް: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

ހުޅުދުއްފާރަކީ މީހުން ހިޖުރަކުރި ރަށްތަކުގެ ތެރޭން ވަރަށް ނަމޫނާ ރަށެއް: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ހުޅުދުއްފާރަކީ މީހުން ހިޖުރަކުރި ރަށްތަކުގެ ތެރޭން ވަރަށް ނަމޫނާ ރަށެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްބި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި މޭރުމުން އެ މަނިކުފާނު ރޭ ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރަކީ އެ އަތޮޅުގެ ގިނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތައް، އެންމެ ފަސޭހައިން އެ އަތޮޅުގައި އިންތިޒާމުކުރެވޭ އަދި އެންމެ ރަނގަޅަށް އެ ފަދަ ކަންކަމުގައި މަރުޙަބާ ކިޔުއްވާ ރަށް ކަމަށް ވިދާޅުވިއެވެ. ތަފްޞީލު ދެއްވަމުން އެ ކަން އެ ގޮތަށް ހިނގަމުން އަންނަނީ އެ ރަށަށް ހިޖުކުރައްވާފައި ރަށްތަކުގެ ރައްޔިތުންގެ ކިބައިން ފާހަގަކުރެވިފައިވާ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރޭ ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރަކީ، ރައްޔިތުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތް ރަށެއް ފާހަގަކުރެއްވިއެވެ. އަދި ޢިލްމީ ގޮތުންނާއި، މަސައްކަތްތެރިކަމުގެ ގޮތުން ޤާބިލް ޒުވާނުންތަކެއް ހުޅުދުއްފާރުގައި މިއަދު އުފެދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްބި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އެ ރަށުގެ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކުބާދު އަރިސްކުރެއްވިއެވެ.

ރޭ ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތުގައި ހުޅުދުއްފާރުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

ހަބަރު: ސަރުކާރު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު