އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 15 ސިކުންތު
ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފައިވާ ގޮތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، 57 ރަށެއްގައި ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
މި އިޢުލާނުތަކުގައިވާ ގޮތުން މި ބީލަންތައް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑްގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި ފައިނޭންސިންގ މޮޑަލްސްތައް ޕްރީކޮލިފިކޭޝަން ޑިކުއުމަންޓުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް -/1,500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މި ފައިސާ ބަލައިގަންނާނީ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.
ބީލަން ޕޯޓަލް މެދުވެރިކޮށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެއެވެ. ބީލަންޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި ޢަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން(https://beelan.finance.gov.mv/) ލިބެން ހުންނާނެއެވެ. އަދި އެ ގައިޑްގައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.
ހައުސިންގ ޔުނިޓުތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތައް:
1. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ހަނިމާދޫގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
2. ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. އުނގޫފާރުގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
3. ޑިޒައިން އެންޑް ބިލްޑް އުސޫލުން ދ. ކުޑަހުވަދޫގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
4. ޑިޒައިން އެންޑް ބިލްޑް އުސޫލުން ލ. ގަމުގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
5. ޑިޒައިން އެންޑް ބިލްޑް އުސޫލުން ލ. ފޮނަދޫގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
6. ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ތިނަދޫގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
7. ޑިޒައިން އެންޑް ބިލްޑް އުސޫލުން ޏ. ފުވައްމުލަކުގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
8. ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ހިތަދޫގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
9. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކ. ތުލުސްދޫގައި 550 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
10. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
11. ޑިޒައިން އެންޑް ބިލްޑް އުސޫލުން އދ. ދިގުރަށުގައި 30 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
12. ޑިޒައިން އެންޑް ބިލްޑް އުސޫލުންހއ. ކެލާގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
13. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. އުތީމުގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
14. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުރިނބީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
15. ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ކޮމަންޑޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
16. ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ. މަނަދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
17. ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ. މިލަދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
18. ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. އިންނަމާދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
19. ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. ރަސްމާދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
20. ޑިޒައިން އެންޑް ބިލްޑް އުސޫލުން ޅ. ކުރެންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
21. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކ. ގުރައިދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
22. ޑިޒައިން އެންޑް ބިލްޑް އުސޫލުން މ. ކޮޅުފުށީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
23. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތ. ހިރިލަނދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
24. ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ. ގެމަނަފުށީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
25. ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ. ކޮލަމާފުށީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
26. ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ހޯނޑެއްދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
27. ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ފަރެސްމާތޮޑާގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
28. ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ފިޔޯރީގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
29. ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ފޯކައިދޫގައި 150 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
30. ޑިޒައިން އެންޑް ބިލްޑް އުސޫލުން އދ. މަހިބަދޫގައި 150 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
31. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. ދިއްދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
32. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. ހޯރަފުށީގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
33. ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މިލަންދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
34. ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. ދުވާފަރުގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
35. ޑިޒައިން އެންޑް ބިލްޑް އުސޫލުން ފ. ނިލަންދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
36. ޑިޒައިން އެންޑް ބިލްޑް އުސޫލުން ދ. މީދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
37. ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. މަޑަވެލީގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
38. ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ފޭދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
39. ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ. ވިލިނގިލީގައި 225 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
40. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ނޮޅިވަރަންފަރުގައި 250 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
41. ޑިޒައިން އެންޑް ބިލްޑް އުސޫލުން މ. މުލިގައި 300 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
42. ޑިޒައިން އެންޑް ބިލްޑް އުސޫލުން ޅ. ނައިފަރުގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
43. ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ހުޅުދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
44. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ނެއްލައިދޫގައި 60 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
45. ޑިޒައިން އެންޑް ބިލްޑް އުސޫލުން މ. ދިއްގަރުގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
46. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. އިހަވަންދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
47. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. މަކުނުދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
48. ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ. ކެނދިކުޅުދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
49. ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. މަޑުއްވަރީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
50. ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ. އިނގުރައިދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
51. ޑިޒައިން އެންޑް ބިލްޑް އުސޫލުން ބ. ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
52. ޑިޒައިން އެންޑް ބިލްޑް އުސޫލުން ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
53. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތ. ވިލުފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
54. ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ގައްދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
55. ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. މަރަދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
56. ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. މަރަދޫފޭދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
57. ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. މީދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް
މި ބިޑުތަކާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އިޢުލާންތަކުން ލިބޭނެއެވެ.
https://www.gazette.gov.mv/iulaan/337220
ހަބަރު: ސަރުކާރު
https://www.gazette.gov.mv/iulaan/337227
https://www.gazette.gov.mv/iulaan/337228
https://www.gazette.gov.mv/iulaan/337233
https://www.gazette.gov.mv/iulaan/337284
Advertisement
22 އޭޕްރީލް 2025