އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ އަތޮޅު ކައުންސިލުން "ކާފު ސްކޮލަރޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މާލެ އަތޮޅު ކައުންސިލުން "ކާފު ސްކޮލަރޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މާލެ އަތޮޅުގައި މަތީ ތަޢުލީމު ހާސިލްކުރާ ޒުވާނުން އުފެއްދުމަށް އަމާޒުކޮށް، މާލެ އަތޮޅު ކައުންސިލުން "ކާފު ސްކޮލަރޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕްގެ ދަށުން 7 ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކުރުމަށް 2 ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ އަތޮޅުގައި ތަޢުލީމީ ޒުވާނުންގެ ޖީލެއް އުފެއްދުމުގެ އިތުރުން، އަތޮޅުގައި ނެތް ދާއިރާތަކުން މީހުން ބިނާކުރުމުގެ މަޤްސަދުގައި ހުޅުވާލެވިފައިވާ ސްކޮލަރޝިޕެކެވެ. އަދި "ކާފު ސްކޮލަރޝިޕް" އަށް ކޮންމެ އަހަރަކުވެސް އެއްފަހަރު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެވޭ ދާއިރާތަކުގެ ތެރޭގައި އާކިޓެކްޗަރ، މެޑިސިން، ސައިކޮލޮޖީ، އައި.ޓީ، މަލްޓިމީޑިއާ، ސިވިލް އިންޖިނިއަރިންގ އަދި އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން ހިމެނެއެވެ. ސްކޮލަރޝިޕަށް ކުރިމަތިލާ ކޮންމެ ދަރިވަރަކަށްވެސް ހުށަހެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަކަށެވެ.

ސްކޮލަރޝިޕަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން މާލެ އަތޮޅު ކައުންސިލް އިދާރާގެ އީމެއިލް ([email protected]) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މެއި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.

ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށަހަޅާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މާލެ އަތޮޅު ކައުންސިލް އިދާރާއާ ގުޅުމަށް އެ އިދާރާއިން އަންގަވާފައިވެއެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު