އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު
ކޮންމެ ބެލެނިވެރިއަކުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއްކަމަކީ ހެނދުނު ސްކޫލަށް ކުދިން ގެންދިއުމެވެ. ނުވަތަ ފޮނުވުމެވެ. އަހުރެންގެ ސުވާލަކީ ފުރަތަމަ ކަމަކަށް އެކުދިންގެ ކަންފަތުގައިވާ ޝައިޠޯނާގެ ފަހަރުވަތައް ނުފިލުވައި އެނަޖިސްތަކާއިއެކު ފޮނުވީމާ ކުދިންނަށް ފިލާވަޅުތައް ރަނގަޅަށް އަޑުއިވޭނެ ހެއްޔެވެ؟ ރަނގަޅަށް އަޑު ނުއިވޭނަމަ ދޭންޖެހޭ ސަމާލުކަން ދެވޭނެ ހެއްޔެވެ؟
މިހެން ބުނީމާ އަހުރެންގެ ދަރިފުޅު ވަރަށް މަތިން ފާސްވާކަމަށް ބުނެފާނެއެވެ. އެއީ ތެދަކަށްވެސް ވެދާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެކުދިން ޙާޞިލުކުރާ މަތީ ފާހުގެ ސަބަބުން އެކުދިންގެ ތަޤްވާވެރިކަން އިތުރުވެ އަމިއްލައަށް ދިރިއުޅެންފަށާދުވަހު ތަޤްވާވެރި ނުވެވޭނަމަ އެފާހުން ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟ އަހުރެން ބުނާނީ ފެންނަމުން މިދަނީ ޝައިޠޯނާގެ ނަޖިހާއިއެކު ދަރިން ސްކޫލަށް ފޮނުވުމުން ކުރާ ނުބައި އަސަރުތައް ކަމަށެވެ.
މީސްތަކުންނޭވެ! ބާލިޣްވުމުން އެކުދިންވެސް ދާނީ މައިންބަފައިން ފަދައިން ނަމާދަށް ދަރަމުންނެވެ. އެކުދިންގެ ކަންފަތަށްވެސް ޝައިޠޯނާ ކުޑަކަމުދާނެއެވެ. އެކަމުން ސަލާމަތްވާން ކުރަން އޮތް ކަމަކީ ވުޟޫކޮށް ފަތިސްނަމާދުކުރުމެވެ.
It was narrated that ‘Abdullah said:
“Mention was made to the Messenger of Allah (ﷺ) of a man who slept until morning came. He said: ‘That is because Satan urinated in his ears.’”
Reference : Sunan Ibn Majah 1330
އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ގިނަ މައިންބަފައިން ހެނދުނު މަސައްކަތު ދަނީ ޝައިޠޯނާގެ ފަހަރުވަތަކާއިއެކުގައެވެ. މިބުނަނީ ފަތިހު ހޭލައި ފަތިސްނަމާދުނުކުރާ ވާހަކައެވެ. ދިމާވާ ގޮތަކުން ފަތިސްނަމާދު ނުހޭލެވިގެން ނުކުރެވުނަސް ހޭލެވުނުހައި އަވަހަކަށް ފުރަތަމަ ކަމަކަށް ވުޟޫކޮށް ފަތިސްނަމާދުކުރާށެވެ! ބާލިޣްވެފައިވާ ދަރިން ލައްވައިވެސް ފުރަތަމަކަމަކަށް ފަތިސްނަމާދުކުރުވާށެވެ! އެއީ މައިންބަފައިންގެ ބޮލުގައި އެޅިފައި އޮތް އެންމެ ބޮޑު ޒިންމާއެވެ.
އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ މައިންބަފައިން މިތިބީ ބޮޑު ޣާފިލުކަމެއްގައެވެ. އެމީހުން ފަތިސްނަމާދުނުކުރާއިރު ދަރިން ލައްވައި ކުރުވާނީ ކިހިނަކުން ހެއްޔެވެ؟ ވީމާ ފުރަތަމަ ކަމަކަށް މައިންބަފައިންނަކީ ފަތިސްނަމާދުކުރާ ބައަކަށްވާން އެބަޖެހެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
23 އޭޕްރީލް 2025