އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުން ބާރުވެރިކުރުވުމަށް ކުރާ ކޮންމެ ޚަރަދަކީ ޤައުމުގެ ކުރިއެރުމަށާއި ފާގަތިކަމަށް ކުރެވޭ ޚަރަދެއް: ރައިސް

އަންހެނުން ބާރުވެރިކުރުވުމަށް ކުރާ ކޮންމެ ޚަރަދަކީ ޤައުމުގެ ކުރިއެރުމަށާއި ފާގަތިކަމަށް ކުރެވޭ ޚަރަދެއް: ރައިސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

އަންހެނުން ބާރުވެރިކުރުވުމަށް ކުރާ ކޮންމެ ޚަރަދަކީ ޤައުމުގެ ކުރިއެރުމަށާއި ފާގަތިކަމަށް ކުރެވޭ ޚަރަދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ދުވަހާ ގުޅިގެން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި މަޢުލޫމާތާއި މުޢާމަލާތާއި ފަންނިއްޔާތުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާވަމުން އަންނަކަން މިފަދަ ދުވަހެއްގައި ފާހަގަކުރަން ޖެހެއެވެ.

"ފަންނިއްޔާތަށް އަހުލުވެރި ޤައުމެއް ބިނާކުރުމަށް ތަޢުލީމު ޙާސިލުކުރެވި، ފަންނިއްޔާތުގެ ހުނަރުތައް ލިބިގަނެވޭނެ މަގު ފަހިވާ އެންމެން ޝާމިލުވާ މުޖުތަމަޢެެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ތަޢުލީމާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭ ކޮންމެ ޚަރަދަކީ ޤައުމުގެ ކުރިއެރުމަށާއި ފާގަތިކަމަށް ސީދާ އިންވެސްޓްމަންޓެކެވެ.

އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ ހަތަރުވަނަ ބުރާސްފަތި ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މަޤްޞަދަކީ އައި.ސީ.ޓީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެ ދާއިރާއިން ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު