އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު
ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިރޭ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ. މި ބައްދަލުކުރެއްވުމުގައި މާލެ ސަރަޙައްދުގައި އުޅުއްވާ ގިނަ އަދަދެއްގެ ޢިލްމުވެރިން ވަނީ ބައިވެރިވެލައްވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބޮޑެތި ޢިލްމުވެރިންވެސް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވަނީ ޢިލްމުވެރިންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ އިމާމުންނާއި ޚަޠީބުންނާއި، ކީރިތި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާފައެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށްވެސް މިއަދު ޒިޔާރަތް ކުރައްވާފައިވެއެވެ.
Advertisement
24 އޭޕްރީލް 2025