އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާދަރީބަހުން މޮޅަށް މުޢާމަލާތްކުރެވުމަކީ އެހެނިހެން ބަސްތައް ދަސްކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާ: ވަޒީރު ހައިދަރު

މާދަރީބަހުން މޮޅަށް މުޢާމަލާތްކުރެވުމަކީ އެހެނިހެން ބަސްތައް ދަސްކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާ: ވަޒީރު ހައިދަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

މާދަރީބަހުން މޮޅަށް މުޢާމަލާތްކުރެވުމަކީ އެހެނިހެން ބަސްތައް ދަސްކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަފާތު ފެކަލްޓީތަކުން ދަސްވެނިވާ ދަރިވަރުންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ފާހަގަކުރެއްވީ މާދަރީބަހަށް މޮޅުވުމަކީ ބޭރު ބަސްބަހުގެ ޚާއްސަ ސިފަތައް ދެނެގަތުމަށް ލިބޭ ފަސޭހައެއްކަމުގައެވެ.

ރަސްމިއްޔާތުގައި ދަސްވެނިންނާ މުޚާޠަބުކުރައްވަމުން ވަޒީރު ވިދާޅުވީ، "ޢިލްމުން ލިބުނު ހުށިޔާރުކަމާއި އަމިއްލަ ނަފްސަށްކުރާ އިތުބާރު ގަދަކުރާށެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން އަބަދުވެސް ދަމަހައްޓާށެވެ. އިސްނަގާ، އަމިއްލަ ހަޔާތާއި ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގަ ކުރިއަށްދާން ލިބޭ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ" ކަމަށެވެ.

މީގެއިތުރުން ވަޒީރު ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވީ ދުނިޔެވީ ފަސޭހައަށްޓަކައި ބަހާއި އަދަބިއްޔާތު ދޫކޮށްނުލުމަށެވެ. އަދި ތަޢުލީމީ މަރުކަޒުތަކުގައި އީޖާދީ ކުރިއެރުންތަކަށް މަގުފަހިކޮށްދީ، މަތީ ފެންވަރެއްގައި ކިޔެވުމުގެ ތަޖުރިބާ ލިބޭނެ ގޮތްތައް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތު ނިންމަވާލައްވަމުން ވަޒީރު އިލްތިމާސްކުރެއްވީ އަބަދުވެސް ތަޢުލީމު އިތުރަށް އުނގެނުމަށް ޢަޒުމް ކަނޑައެޅުމަށެވެ. އަދި އަމިއްލަ މާދަރީބަހަށް ކުޅަދާނަވި މިންވަރަކުން، ދަސްކުރަން އެދޭ އިތުރު ބަސްތަކުން މުޢާމަލާތްކުރުމަށް ފަސޭހަވާނެކަން ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު