އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުބައި އެކުވެރިންނަށް ބިރުގަންނަން ޖެހޭ އެނެމެ ބޮޑު ސަބަބު-: އިބިލީހަށްވުރެ އިންސާނުންގެ ތެރޭގަ ތިބި ޝައިޠޯނުންގެ ނުބައިކަން މާބޮޑުކަމުގެ ހެކި-

ނުބައި އެކުވެރިންނަށް ބިރުގަންނަން ޖެހޭ އެނެމެ ބޮޑު ސަބަބު-: އިބިލީހަށްވުރެ އިންސާނުންގެ ތެރޭގަ ތިބި ޝައިޠޯނުންގެ ނުބައިކަން މާބޮޑުކަމުގެ ހެކި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ޝައިޠޯނާ، ﷲ ތަޢާލާ ލަޢްނަތް ލައްވަވާފައިވާ ބޮޑު އިބްލީސް ވަސްވާސްދޭނީ ލޮލަށް ނުފެނި ހުރެ ހިތަށެވެ. އިންސީންގެ ތެރޭގައި ތިބޭ ޝައިޠޯނުން (ޝައިޠޯނުންގެ އެޖެންޓުން) ފާފަކުރަން ހިތްވަރުދޭނީ ކުރިމަތީގައި ތިބެގެންނެވެ. އިންސީންގެ ތެރޭގައި ތިބޭ ޝައިޠޯނުންގެ ނުބައިކަން މާބޮޑެވެ. މިދައްކަނީ އެކަމުގެ ހެއްކެވެ.

ޝައިޠޯނާ، ﷲ ތަޢާލާ ލަޢްނަތް ލައްވަވާފައިވާ ބޮޑު އިބްލީސް މީސްތަކުންނަށް ވަސްވާސްދެމުން ގޮސް ބުނާނެވެ. "އެންމެ ފަހަރަކު މަޖާކޮށަލާށެވެ. ﷲ އީ ހަމަ ތައުބާވާއިރަށް ފާފަތައް ފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ." އެމަޅީގައި ތިބާ ޖެހި ފާފަކުރަން ފެށުމުންޝައިޠޯނާ ދުވެފިލާނެއެވެ. އެއީ ﷲ ތަޢާލާ އެތަނަކަށް، އެބައަކަށް ފޮނުއްވަވައިފާނެ ކޯފާއަކަށް ބިރުންނެވެ.  

އެކަމަކު އިންސާނުންގެ ތެރޭގައި ތިބޭ ޝައިޠޯނުން ނުވަތަ ޝައިޠޯނާގެ އެޖެންޓުން ކަންތައް ކުރާނީ އެގޮތަކަށް ނޫނެވެ. މިޘާލަކަށް ތިބާއަށް މަގުފަހިކޮށްދީގެން ތިބާލައްވައި ޒިނޭކުރުވީއެވެ. އެޙާލަތުގައި އިބިލީސް ކުރިން މިބުނި ފަދައިން ﷲ ތަޢާލާގެ ކޯފާއަށް ބިރުން ދުވެ ފިލާނެއެވެ. ނަމަވެސް އިންސީންގެ ތެރޭގައ ތިބޭ ޝައިޠޯނުން ބިރެއް ނުގަންނާނެއެވެ. ތިބާ ޒިނޭކުރާތަން ބަލަންވެސް ބޭނުންވާނެއެވެ. އަދި އެއިގެ އިތުރުން ކިރިޔާވެސް ފުރުޞަތެއް އޮތްނަމަ އެކަމުގައި ތިބާމެން ދެމީހުންނާއިއެކު ބައިވެރިވާންވެސް ބޭނުންވާނެއެވެ. ރީތިކޮށްލަން ކިޔާނީ"3 ސަމް، 4ސަމް ، 5 ސަމް" ހަދައިލުމަށެވެ.   

މިފަދަ ކަންކަމުން އެނގެނީ ﷲ ތަޢާލާއަށް ބިރުވެތިވުމުގައި އިބިލީހަށްވުރެ މީސްތަކުންގެ ނުބައިކަން މާބޮޑުވެއްޖެ ކަމެވެ. ވީމާ ނުބައި އެކުވެރިންނަށް ބިރުވެތިވާށެވެ! ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރާ ނުވަތަ ފާފަކުރަން ހިތްވަރުދޭ މީހުންނާއި އެއްވެސް ބާވަތެއްގެ އެކުވެރިކަމެއް ނުބާއްވާށެވެ! އެއީ ކުރިން މިބަޔާންކުރިފަދަ ޝައިޠޯނާގެ އެޖެންޓުންނެވެ.  

މީހަކަށް ފާފައެއް ކުރެވޭއިރަށް އެމީހަކަށް ވަޤުތުން ކޯފާ ލެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. ނަމަވެސް ކޯފާ ނުލައްވަވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފުރުޞަތު ދެއްވެވުމަށެވެ. އަހުރެމެންނަށް އޮތީ އެފުރުޞަތުގެ ބޭނުން ހިފުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް