އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާނުންގެ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، ޤައުމު ހަލަބޮލިކުރަން މަސައްކަތް ނުކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް އިލްތިމާސްކުރައްވައިފި

ޒުވާނުންގެ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، ޤައުމު ހަލަބޮލިކުރަން މަސައްކަތް ނުކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް އިލްތިމާސްކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ޒުވާނުންގެ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، ޤައުމު ހަލަބޮލިކުރަން މަސައްކަތް ނުކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެމީޑީއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވެފައިވަނީ ދިވެހި ޤައުމުގެ ހަމަޖެހުމާއި އަމާންކަމާއި ކުރިއެރުމަށްޓަކައި ނިންމަވަން ޖެހުނު ކޮންމެ ނިންމެވުމެއްވެސް ނިންމަވާނެ ކަމަށެވެ.

ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮތް މައްސަލައާ ގުޅިގެން ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ މެދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާނެ ކަމަށާއި އެފަރާތްތަކުގެ ޝުޢޫރުތައް އަޑުއެއްސެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

"ކަންކަން އަޑު އެހުމަށް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. ކަންކަމާ ކުރިމަތިލައި ތަހުޒީބުކަމާއެކީ ޖަވާބުދާރީ ވާނަން. ކަންކަން ކުރާނީވެސް ތަހުޒީބުގެ މަގުން،" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޤައުމުގައި ހަމަޖެހުމާއި ހަލަބޮލިކަން އުފައްދަން ޖާގައެއް ނުދެއްވާނެއެވެ. އަދި މިފަދަ ކަންކަމުގައި އިދިކޮޅު ފަރާތްތަކުން ނާޖާއިޒު ފައިދާ ނަގައި، ޤައުމު ހަލަބޮލިކުރަން މަސައްކަތް ނުކުރެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު