އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ އެކި ކަންކޮޅުގެ ދަރިވަރުން ރާއްޖެއަށް މަތީ ތާޢުލީމު ހާޞިލުކުރުމަށް ގެންނަނަމަ، ވަރަށް ތައްޔާރުވާން ޖެހޭ: ޑރ.ހައިދަރު

ދުނިޔޭގެ އެކި ކަންކޮޅުގެ ދަރިވަރުން ރާއްޖެއަށް މަތީ ތާޢުލީމު ހާޞިލުކުރުމަށް ގެންނަނަމަ، ވަރަށް ތައްޔާރުވާން ޖެހޭ: ޑރ.ހައިދަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ދުނިޔޭގެ އެކި ކަންކޮޅުގެ ދަރިވަރުން ދިވެހިރާއްޖެއަށް މަތީ ތާޢުލީމު ހާޞިލުކުރުމަށް ގެންނަނަމަ، އަޅުގަނޑުމެން ވަރަށް ތައްޔާރުވާން ޖެހޭކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވާސިޓި (އެމްއެންޔޫ)ގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ދުނިޔޭގެ އެކިކަންކޮޅުތަކުން ދަރިވަރުން ގެންނަ ނަމަ، އަޅުގަނޑުމެން އެކަމަށް ވަރަށް ތައްޔާރުވާންޖެހޭ. ޚިދްމަތްތައް ޒަމާނީކޮށް، މިންގަނޑުތައް މަތިކުރަންޖެހޭ. އެކަމުން އަޅުގަނޑުމެންނަށް އައު ޚިޔާލުތަކާއި، ތާޒާ މަސްރަހުތަކާއި، އާލަމީ ގުޅުން ތަކަށް ފުރުސަތުލިބި، އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމާއި ދެނެގަތުން އިތުރަށް މުއްސަނދިވެ ، އައު ނަޒަރިއްޔާތުތަކާއި ޚިޔާލާތުތަކަށް ލޯ ހުޅުވި ވިސްނުން ފުޅާވެގެންދާނެ"

މިނިސްޓަރ ޢަލީ ހައިދަރު ވަނީ ދަރިވަރުންނާއި މުޙާތަބުކުރައްވައި، ކުރިއަށް ދިޔުމުގައި ވިސްނުންތެރިކަމާއިއެކު ކަންކަން ޙާޞިލުކުރުމަށް އިސްކަންދިނުމަށާއި، ފުންކޮށް ވިސްނައި އަބަދުވެސް އޯގާތެރިވުމުގެ އިތުރުން އައުކަންކަން ދަސްކުރުމަށް އަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރައްވައިފައެވެ.

"ކުރިޔަށްދިޔުމުގައި އަޅުގަނޑުގެ ނަސޭހަތަކީ، ވިސްނުންތެރިކަން އިސްކުރުމާއެކު، ކަންތައްތައް ޙާޞިލުކުރުމަށް އިސްކަންދޭށޭ. ފުންކޮށްވިސްނާށޭ. އޯގާތެރިވާށޭ. ކަމަށްކަމޭހިތާށޭ. އަބަދުވެސް އައުކަންތައްތައް ދަސްކުރުމަށް، ތަޢުލީމު އިތުރަށް އުނގެނުމަށް އަޒުމު ކަނޑައަޅާށޭ. ޢިލްމުން ލިބުނު ހުޝިޔާރުކަމާއެކު އަމިއްލަނަފްސަށް ކުރާއިތުބާރު ގަދަކުރާށޭ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން އަބަދުވެސް ދަމަހައްޓާށޭ. އިސްނަގައި އަމިއްލަ ހަޔާތާއި ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ކުރިޔަށްދާން ލިބިފައިވާ ފުރުސަތު ގެ ބޭނުން އެންމެފުރިހަމަގޮތުގައި ހިފާށޭ"

މި ރަސްމިއްޔާތުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރުގެ އިތުރުން ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވާސިޓި (އެމްއެންޔޫ)ގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީ އަދި ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު