އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިފި

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ހުޅުމާލެ ސީކާގޯ ޓަރމިނަލްގައި ހިންގުނު ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ ޕްލައިވުޑް ޝިޕްމެންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެންނެވެ. 2025 އޭޕްރިލް 26 ވަނަ ދުވަހުގެ ރޭ ހިންގުނު މި އޮޕަރޭޝަންގައި 40 ފޫޓުގެ 2 ކޮންޓެއިނަރ ބަލައި ފާސްކުރުމުން 1،360 ކޭސް ސިނގިރޭޓް ފެނިފައިވެއެވެ.

އަތުލައިގަނެވުނު ސިނގިރޭޓްގެ ޖުމްލަ އަދަދަކީ 13.6 މިލިއަން ސިނގިރޭޓް ސްޓިކްއެވެ. މި ބްރޭންޑްތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، މި ތަކެއްޗަށް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 122 މިލިއަން ދިވެހި ރުފިޔާ އަރާނެކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

އަތުލައިގަނެވުނު މި ތަކެއްޗަކީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތަކެތި ކަމަށްވާތީ، މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. ޚާއްސަކޮށް މި ޤާނޫނުގެ ތިންވަނا ބާބާއި އަށްވަނަ ބާބާ ޚިލާފަށް އެތެރެކުރަން އުޅުނު ތަކެތި ކަމަށް ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު