އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސީންގެ ތެރޭގައި އުޅޭ ޝައިޠޯނުންގެ ކިބައިން ފެންނާނެ ބައެއް ސިފަތައް-: ޑރ. ނޫމާން ޢަލީޚާން

އިންސީންގެ ތެރޭގައި އުޅޭ ޝައިޠޯނުންގެ ކިބައިން ފެންނާނެ ބައެއް ސިފަތައް-: ޑރ. ނޫމާން ޢަލީޚާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

މުސްލިމުންނަށް އޮތީ އިސްލާމް ދީނަށް ޢަމަލުކުރުމެވެ. އެއީ ކޮންމެ ކަމެއް ނަމަވެސް މެއެވެ. ޤުރްއާނާއި ސުންނަތުން ޘާބިތުވާ އެއްވެސް ކަމަކަށް އިންކާރުކުރުމުގެ ހުއްދަ ދެއްވަވާފައެއް ނުވެއެވެ.

އިސްލާމް ދީނަކީ ﷲ ތަޢާލާގެ ދީނެވެ. އެދީނުގައި އެއްވެސް އުނިކަމެއް ނުވެއެވެ. ބަދަލުކުރަންޖެހޭނެ ކަމެއްވެސް ނުވެއެވެ. އެހެނީ އެދީން ﷲ ތަޢާލާ ބާވައިލައްވަވާފައިވަނީ އެންމެ ފުރިހަމަ ގޮތުގައެވެ. ކޮންމެ ކަމެއްގެވެސް އެންމެ މޮޅު ގޮތް ދެނެވޮޑިގެންވަނީވެސް ﷲ ތަޢާލާއެވެ. އަދި ދެނެވޮޑިގެންވާނީވެސް ﷲ ތަޢާލާއެވެ. އެންމެ މޮޅުގޮތް ﷲ ތަޢާލާ އުފެއްދެވި އިންސާނުންނަށް އެނގޭނެ ކަމަށް ޤަބޫލުކުރުމަކީވެސް ބުއްދިސަލާމަތުން ނެތްކަމުގެ ހެއްކެކެވެ.

ދުނިޔޭގެ ގިނަބައަކު ތާއީދުކުރާގޮތަށް ކަންކަން ކުރުމަށްޓަކައި އިސްލާމް ދީނުން ކުށްދައްކާ މީހުން އެބައުޅެއެވެ. މިވެނި ކަމެއް މިވެނި ގޮތަކަށް ބަދަލުކުރަން ބުނާ ބައަކު އެބަ އުޅެއެވެ. އިސްލާމް ދީނުގެ ޙުކުމްތައް ބަދަލުކުރަން ބުނާ ބައަކުވެސް އެބައުޅެއެވެ. އަދި ޙުކުމްތަކުގެ ތެރެއިން އެމީހަކު ޢަމަލުކުރަން ބޭނުންވާ ކަމަކަށް ޢަމަލުކޮށްފައި އެމީހަކު ނުރުހޭ ކަންކަމަށް ޢަމަލުނުކުރާ މީހުންވެސް އެބައުޅެއެވެ.

މިފަދަ މީހުން އެވަނީ އިންސީންގެތެރޭގައިވާ ޝައިޠޯނުންނަށް ބަދަލުވެފައެވެ. އެއީ އޭނާގެ ހިތުގައި ޝައިޠޯނާވެރިކަންކުރާތާ ގިނަ ދުވަސްތަކެއްވުމުންނެވެ. ހިތުން ޝައިޠޯނާ ބޭރުކޮށްނުލެވި ގިނަދުވަސްވުމުންނެވެ.

ފަށަމުން މިބަޔާންކުރި ފަދަ ކިތަންމެ ކުޑަ ނަމަވެސް ވިސްނުމެއް ތިމާގެ ކިބައިގައި ހުރިނަމަ އެކަން ބޮޑުވުމުގެ ފުރުޞަތު އެއްވެސް ވަރަކަށް ނުދޭށެވެ! އަވަހަށް ތައުބާވާށެވެ! ބުއްދީގެ ބޭނުންކުރާށެވެ! ނޫންނަމަ ތިބާވެސް ވެގެންދާނީ އިންސާނުންގެ ތެރޭގައި ހުރި ޝައިޠޯނަކަށެވެ. އެޙާލަތުގައި ތިބާގެ ފުރާނަ ހިއްޕަވައިފިނަމަ ތިބާގެ ޙާލަތާއިމެދު ވިސްނާށެވެ!

--ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް