އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަމާނީ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް އަލިފާނުގެ ހާދިސާ ހިނގި ބިމުގައި އެޅުމަށް ނިންމައިފި

ޒަމާނީ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް އަލިފާނުގެ ހާދިސާ ހިނގި ބިމުގައި އެޅުމަށް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އަމީނީމަގުގައި އަލިފާނުގެ ހާދިސާ ހިނގި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ކޮންސެޕްޓާއި ޑީޓެއިލް ޑިޒައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިޢުލާންކުރާނެ ކަމަށެވެ. "އެތަން ތަރައްޤީކުރަނީ އޮފީސް ބަޔަކާއި އެހެނިހެން ކަންކަންވެސް ކުރިއަށްގެންދެވޭނެގޮތަށް. އެ ސަރަޙައްދަށް ތަރައްޤީއެއް ގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި، އަމީނީމަގުގައި ހުންނަ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުރި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ. މި އިމާރާތަކީ އޭރު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި އިމާރާތްކުރުމާއި ބިނާވާ ބެހޭ ވުޒާރާ ހިންގަމުން އައި އިމާރާތެވެ.

އަލިފާނުގެ ހާދިސާގައި އެ އިމާރާތާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގއަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މި އިމާރާތަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އައި އިމާރާތެވެ.

އާ މަލްޓި ޔޫސް ކޮމްޕްލެކްސް އެޅުމުގެ މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއްވާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު