އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 49 ސިކުންތު
އުރީދޫ މޯލްޑިވްސް އިން އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބާއްވައި އުރީދޫގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން 20 މީހުންނާއިއެކު ކަނޑުއަޑީގައި ރެކޯޑެއް ހަދައިފިއެވެ.
ބ.ފުޅަދޫގެ ހިތްގައިމު ކަނޑުގެ އަޑީގައި ބޭއްވި މި ރެކޯޑް ބްރޭކިން އިވެންޓުގައި ބައިވެރިވި 20 މީހުންގެ ތެރެއިން ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ފަސް ޕެނަލިސްޓުން ވަނީ ގިނިސް ވާރލްޑް ރިކޯޑު ހެދުމަށްޓަކައި ކަނޑު އަޑީގައި ކޮންމެ ޕެނަލިސްޓަކު 2 މިނެޓަށް ވުރެ ގިނައިން ވާހަކަ ދައްކާފައެވެ.
ޕެނަލިސްޓުންގެ ގޮތުގައި ހިމެނުނީ:
• މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް
• އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ
• ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
• އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަބީން އަލީ
• އުރީދޫ މޯލްޑިވްސްގެ ސީނިއަރ މެނޭޖަރ، ޓްރާންސްމިޝަން އަފްޝީން މުޙައްމަދު
މީގެ އިތުރުން މި ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގައި އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުރީ އިބްރާހިމް އަދި އުރީދޫގެ އިސް ވެރިން އަދި ރާއްޖެއިން ބޭރުގެ މީހުން ވަނީ ބައިވެރިވެފައެވެ.
އުރީދޫއިން ބޭއްވި މި ޕެނަލް ޑިސްކަޝަންގެ ސަބަބުން ޓެކްނޮލޮޖީއާއި އިނޮވޭޝަން އަށް ވަނީ އަލިއަޅުވާލެވިފައެވެ. މި ކާމިޔާބީގެ ސަބަބުން އުރީދޫ މޯލްޑިވްސްގެ ދައުރަކީ ހަމައެކަނި ޓެލެކޮމް ގެ ހިދުމަތް ދޭ ކުންފުންޏެއް ނޫން ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ބައްޓަން ކުރަމުން އަންނަ ޗޭންޖްމޭކަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ..
މިއީ ހަމައެކަނި ރެކޯޑެއް ހެދުމެއް ނޫން - މިއީ އިނޮވޭޝަންގައި އެއްވެސް ލިމިޓެއް ނެތްކަން ސާބިތުކޮށްދިނުން،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ. "ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް - މިއީ ޓެކްނޮލޮޖީ، ހިތްވަރާއި އުފެއްދުންތެރިކަމާ ގުޅިއްޖެ ނަމަ، އަޅުގަނޑުމެން ހީކުރި މިންވަރަށް ވުރެ އިތުރަށް ގެންދެވޭނެ ކަމުގެ ރަމްޒެއް."
އުރީދޫ މޯލްޑިވްސްއަކީ ފެށުނީއްސުރެ ޓެކްނޮލޮޖީގެ ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މިއީ 3ޖީ، 4ޖީ އަދި 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކޮށް، މީހުން ގުޅުވައިދީ، އުނގެނުމާއި، މަސައްކަތްކުރުމާއި، ކުރިއަރަމުން އަންނަ ގޮތަށް އިންގިލާބީ ބަދަލެއް ގެނެސްދިން ކުންފުންޏެވެ. ސްމާޓް ހޯމްތަކުން ފެށިގެން އޭއައި-ޑްރިވެން ސޮލިއުޝަންތަކާ ހަމައަށް ހުރިހާ ކަމެއް ބާރުވެރިކޮށް، ޑިޖިޓަލް-ފަސްޓް ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މިއަދު ވެސް އެ ކުންފުނިން ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.
ދުނިޔޭގެ މި އެންމެ ފަހުގެ ރެކޯޑަކީ، ކިތަންމެ ގޮންޖެހުންބޮޑު ނަމަވެސް، ހުރިހާ މާހައުލެއްގައި ވެސް އިނޮވޭޝަނަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ރަމްޒެކެވެ. ކަނޑުގެ އަޑިން ފެށިގެން 5ޖީ ޓެކްނޮލޮޖީއާ ހަމައަށް އުރީދޫއިން ދެމިއޮންނާނީ އިންކްލޫސިވް، ގުޅިފައިވާ އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މަސައްކަތުގައި ސާބިތުކަމާ އެކީގައެވެ.
ޑިޖިޓަލީ ބަދަލުވެގެންދާ ޒަމާނަކަށް ގައުމު ވަންނައިރު، އުރީދޫ މޯލްޑިވްސް އިން އަންނަނީ އަމިއްލަ ފަރުދުންނާއި މުޖުތަމައުތަކާއި ސިނާއަތްތަކަށް ހުރި ފުރުސަތުތައް ހުޅުވާލާ އިތުރު ކުރަމުންނެވެ. އުރީދޫގެ އިސްނެގުމާއި ޕާޓްނަރޝިޕްތަކާއި ޚިޔާލުތަކުގެ ޒަރިއްޔާއިން، ގުޅާލުމުގެ މާނަ އަކީ ކޮބައިކަން އަލުން ބަޔާންކުރަމުން އަންނަ އިރު، މުސްތަޤުބަލުގައި ޓެކްނޮލޮޖީގެ ޒަރީއާއިން ދިވެހި ރާއްޖެއަށް ދެވޭ އެންމެ ދިއުމަށް ހިތްވަރު ދެއެވެ..
Advertisement
4 މެއި 2025