އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ ގާއިމުކުރަނީ

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ ގާއިމުކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) އުފެއްދުމަށް ނިންމައިފިއެވެ. މިއީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ ޒޯނެކެވެ. މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވިގެންދާނެއެވެ.

އެމް.އައި.އެފް.ސީ.ގައި ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެއެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފައިސާގެ އެކި ގޮތްގޮތުން މުޢާމަލާތްކުރެވޭ ބޭންކިންގ ޚިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިންގ ޚިދުމަތް ލިބޭނެއެވެ. މުސްތަޤުބަލަށް އެކަށައަޅާފައިވާ ޤަވާޢިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެއެވެ. މިކަމުގެ ސަބަބުން އެމް.އައި.އެފް.ސީ.އަކީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މަންޒިލަކަށްވެގެންދާނެއެވެ.

2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާޞިލުވެވޭނެއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ 4 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ.) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. އެއާއެކު، 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.

އެމް.އައި.އެފް.ސީ.ގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ވެނިއުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި، ޘަޤާފީ ހަރަކާތްތަކާއި، އައު އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބޭއްވޭނެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ މުހިންމު ބައްދަލުވުންތަކުގެ މަރުކަޒަކަށެވެ. މީގެ ސަބަބުން މިހާރުވެސް ކުރިއަރާފައިވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

މި ޕްލޭންގައި ހިމެނެނީ ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، އިންޓަރނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތަޢުލީމީ ވަސީލަތްތަކެވެ.

"އެމް.އައި.އެފްސީ.އާއެކު އަޅުގަނޑުމެން މި އެކުލަވާލަނީ މާދަމާގެ ދިވެހިރާއްޖެ. އެއީ އައު އީޖާދުތަކުގެ ނަމޫނާއަކަށްވެ، ޤައުމީ ފަޚުރުވެރިކަމުގެ ނިޝާނަކަށްވެ، ޤުދުރަތާ އެއްހަމައެއްގައި ކުރިއަރައިގެންދާނެ ތަނެއް. މި ފައިނޭންޝަލް ސެންޓަރަކީ އިޤްތިޞާދީ ގޮތުން ވަރުގަދަކަމުގެ ނިޝާނަކަށްވެ، އަންނަން އޮތް އެތައް ޖީލުތަކަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ، އައު މިންގަނޑެއް ކަނޑައަޅައިދޭނެ ތަނަކަށް ވެގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"މިއީ ވަރަށް މުހިންމު މަޝްރޫޢެއް. މިއީ އަޅުގަނޑުމެންގެ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް. މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ޚިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން މި ތަނަށް އަންނާނެ،" ދިވެހިރާއްޖޭގެ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

"މި މާލީ މަރުކަޒުން އާ ބައިނަލްއަޤްވާމީ މިންގަނޑެއް ކަނޑައަޅައި، މާލީ އައު އީޖާދުތައް މަދުވެގެން 20 އަހަރުގެ މުއްދަތަކަށް ކުރިއަރުވާނެ. މިއީ ދުނިޔޭގެ އެހެން މާލީ މަރުކަޒުތަކުގައި ހިނގަމުން އަންނަ ކަންތައްތަކަށް ދެން އަންނާނެ ތަރައްޤީ އާއި ކުރިއެރުން،" އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީއީއޯ ނަދީމް ޙުސައިން ވިދާޅުވިއެވެ.

އެމް.އައި.އެފް.ސީ.ގައި މޫސުމަށް އަންނަ ބަދަލުތަކާ ރަހްމަތްތެރި، ދެމެހެއްޓެނިވި ވަސީލަތްތަކެއް ހުންނާނެއެވެ. އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދެވޭނީ އިއާދަކުރަނިވި ހަކަތައިންނެވެ. އެއާއެކު، ހިނގާ މީހުންނަށް ފަސޭހަވާނެ، ހުޅުވިފައިވާ މާޙައުލެއް ދެމެހެއްޓުމަށްޓަކައި ހުރިހާ ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ހުންނާނީ ބިމުގެ އަޑީގައެވެ.

މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި، ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތަކާއި، ފުޅާ ދާއިރާއެއްގައި ގަސްގަހާގެހި އިންދާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ހިޔާލިބޭ މަގުތައްވެސް ހުންނާނެއެވެ. އެންމެ ޒަމާނީ އޮފީސް ޖާގަތަކާއެކު، އެމް.އައި.އެފް.ސީ.ގައި ފާހަގަކޮށްލެވޭ ފިހާރަތަކާއި، މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކާއި، ޘަޤާފީ ތަންތަން ވެސް ހުންނާނެއެވެ.

ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ. މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު