އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤުރުއާނާއި ބެހޭ ޚާއްސަ ވަޤުފު އިމާރާތަށް މާލެއިން ބޮޑު ބިމެއް: ވަޤުފު މަޝްރޫޢުތަކަށް ސަރުކާރުން ދޭ އަހަމިއްޔަތު ހާމަވެގެންދާ އަލިގަދަ ހެއްކެއް!

ކީރިތި ޤުރުއާނާއި ބެހޭ ޚާއްސަ ވަޤުފު އިމާރާތަށް މާލެއިން ބޮޑު ބިމެއް: ވަޤުފު މަޝްރޫޢުތަކަށް ސަރުކާރުން ދޭ އަހަމިއްޔަތު ހާމަވެގެންދާ އަލިގަދަ ހެއްކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް، ކުރިން ކޮރެލް ބޮލެވާޑް މަޝްރޫޢު ހިންގަން ހަމަޖެއްސި ބިމުގައި ތަރައްޤީކުރަން ނިންމަވާފައިވާކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހު ބޭއްވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަނީ އިޢުލާން ކުރައްވާފައެވެ.

މި ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ވަޤުފް މަޝްރޫޢުތަކުގެ ދަށުން، މާލެ ސަރަޙައްދުގައި 3 ވަޤުފު އިމާރާތެއް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. އެއީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސްއާއި މާލޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިައިވާ ދާރުލްއަރްޤަމް މަޝްރޫޢުގެ އިތުރަށް މާލޭގައި ތަރައްޤީކުރާ ކީރިތި ޤުރުއާނާ ބެހޭ ޚާޢްސަ ވަޤުފު އިމާރާތެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަޝްރޫޢޫތައް ކުރިއަށް ގޮސްއޮތް ހިސާބު ހިއްސާކުރައްވާފައެވެ. އެގޮތުން މި މަޝްރޫޢުތަކަށް ބިން ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވަޤުުފު މަޝްރޫޢުތަކުގެ ތެރެއިން ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމަރާތް ކުރީގެ ކޮރަލް ބޮލިވާޑް މަޝްރޫޢު ހިންގުމަށް ހަމަޖައްސާފައި އޮތް ބިމުގައި ތަރައްޤީކުރަން ނިންމާވަފައިވާކަމަށެވެ. ރަސްފަނު ކައިރީގައި އޮންނަ 70،000 އަކަފޫޓުގެ އެ ބޮޑުބިމުގެ ތެރެއިން 10،000 އަކަފޫޓުގެ ބިން އެކަމަށް ޚާއްސަ ކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ވަޤުުފު އިމާރާތްތައް ތަރައްޤީކޮށް ނިމުމުން އެތަންތަނުން ލިބޭ އާންމްދަނީގެ ތެރެއިން އިސްލާމީ ކަންކަމަށް ޚަރަދުކުރުމަށް ކޮންމެ އަހަރެއްގެ ބަޖެޓްތެރެއިން ނުނަގާ ގިނަ ކަންކަން ކުރުމުގެ ފުރުޞަތު ލިބގެންދާނެކަމަށެވެ. ވަޤުފު އިމާރާތްތަކުގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ މިސްކިތް ބިނާކުރުމުގެ މަޝްރޫޢުއަށްވެސް އަލި އަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 21 މަޝްރޫޢުއެއް ކުރިއަށްދާކަމަށާއި ދާދިފަހުނ އިތުރު 17 މަޝްރޫޢުއެއްގައި މިހާތަނަށް ސޮއިކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި މަޝްރޫޢުތަކާއެކު މިއަހަރަކީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތްތަކުގެ މަޝްރޫޢު އެއްފަހަރާ ކުރިއަށްދާ އަހަރުކަމަށް ވާނެކަމަށެވެ.

މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމް ވަޤުފު އިމާރާތަކީ 12 ފަންގިފިލާއަށް ތަރައްޤީ ކުރާ އިމާރާތެކެވެ. މީގެ އިތުރުން ހުޅުމާލޭގައި ތަރައްޤީ ކުރާ ދާރުއްސަލާމް ވަޤުފް އިމާރާތަކީވެސް 12 ފަންގިފިލާއަށް ތަރައްޤީ ކުރާ އިމާރާތެކެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު