އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާޙިޝް ޢަމަލުތަކާއި އެހެންވެސް ފާފަތައް ކުރުމުން ސަލާމަތްވެ ހުންނަން އެދޭނަމަ ފުރިހަމަ ގޮތުގަ ނަމާދުކުރަން މަސައްކަތްކުރާށެވެ!

ފާޙިޝް ޢަމަލުތަކާއި އެހެންވެސް ފާފަތައް ކުރުމުން ސަލާމަތްވެ ހުންނަން އެދޭނަމަ ފުރިހަމަ ގޮތުގަ ނަމާދުކުރަން މަސައްކަތްކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 8 ސިކުންތު

ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ ޢަންކަބޫތު ސޫރަތު ގެ 45 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ) މާނައަކީ: "ހަމަކަށަވަރުން ނަމާދަކީ އެންމެހައި ފާޙިޝްކަންތަކާއި މުންކަރާތްތަކުން މީހާ ދުރުކޮށްދޭ ކަމެކެވެ".

މީހަކު ނަމާދު ކުރުމާއި އެކުވެސް ޒިނޭގެ ނުބައި ޢަމަލު ހިންގާކަމަށްވަނީނަމަ އޭގެ މާނައަކީ ރަގަޅަށް އޭނާ އަށް ނަމާދު ނުކުރެވެނީ އެވެ. ނަމާދު ރަގަޅަށް ކުރެވޭނަމަ އެކަމެއް އޭނާ ނުކުރީހެވެ. ނަމާދު އެކަންތަކުން އޭނާ ދުރުހެލި ކުރުވީހެވެ. 

ޒިނޭ އަކީ ނުބައިކަން ބޮޑުވެގެންވާ ފާފަ އެއް ކަން އޭނާ އަށް ވިސްނައިދޭށެވެ. އެއްދުވަހަކު ޒުވާނަކު ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް ދެންނެވިއެވެ. ތިމަންނާ އަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވާާށެވެ. ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ އާއި އެކު މީހަކު ޒިނޭ ކުރުމަށް އެދޭނަން ހެއްޔެވެ؟" އެޒުވާނާ ޖަވާބުގައި ބުންޔެވެ. "ﷲ ގަންދީ ބުނަމެވެ. އަހަރެން ތިކަމަކަށް ނޭދޭނަމެވެ. ﷲ އަހަރެންގެ ނަފްސު ތިކަމުގެ ފިދާ އެއް ކަމުގައި ލައްވާށިއެވެ"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ މަންމަ އާއި އެކު މީހަކު ޒިނޭ ކުރުމަށް ނުރުހެއެވެ"، އަދިވެސް ސުވާލު ކުރެއްވިއެވެ. "ކަލޭގެ އަންހެން ދަރިޔަކާއި އެކު މީހަކު ޒިނޭކުރުމަށް އެދޭނަން ހެއްޔެވެ؟"، ޒުވާނާ ޖަވާބުގައި ބުންޔެވެ.  "ﷲ ގަންދީ ބުނަމެވެ. އަހަރެން ތިކަމަކަށް ނޭދޭނަމެވެ. ﷲ އަހަރެންގެ ނަފްސު ތިކަމުގެ ފިދާ އެއް ކަމުގައި ލައްވާށިއެވެ"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ އަންހެން ދަރިންނާއި އެކު މީހަކު ޒިނޭ ކުރުމަށް ނުރުހެއެވެ"، އަދިވެސް ސުވާލު ކުރެއްވިއެވެ. "ކަލޭގެ އަންހެން ދައްތަ ނުވަތަ ކޮއްކޮ އާއި އެކު މީހަކު ޒިނޭކުރުމަށް އެދޭނަން ހެއްޔެވެ؟"، ޒުވާނާ ޖަވާބުގައި ބުންޔެވެ.  "ﷲ ގަންދީ ބުނަމެވެ. އަހަރެން ތިކަމަކަށް ނޭދޭނަމެވެ. ﷲ އަހަރެންގެ ނަފްސު ތިކަމުގެ ފިދާ އެއް ކަމުގައި ލައްވާށިއެވެ"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ އަންހެން ދައްތަ ނުވަތަ ކޮއްކޮ އާއި އެކު މީހަކު ޒިނޭ ކުރުމަށް ނުރުހެއެވެ"، އަދިވެސް ސުވާލު ކުރެއްވިއެވެ. "ކަލޭގެ ބަފާފުށު ބޮޑުދައިތަ އާއި އެކު މީހަކު ޒިނޭކުރުމަށް އެދޭނަން ހެއްޔެވެ؟"، ޒުވާނާ ޖަވާބުގައި ބުންޔެވެ.  "ﷲ ގަންދީ ބުނަމެވެ. އަހަރެން ތިކަމަކަށް ނޭދޭނަމެވެ. ﷲ އަހަރެންގެ ނަފްސު ތިކަމުގެ ފިދާ އެއް ކަމުގައި ލައްވާށިއެވެ"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ ބަފާފުށު ބޮޑުދައިތާ އާއި އެކު މީހަކު ޒިނޭ ކުރުމަށް ނުރުހެއެވެ"، އަދިވެސް ސުވާލު ކުރެއްވިއެވެ. "ކަލޭގެ މަންމަފުށު ބޮޑުދައިތަ އާއި އެކު މީހަކު ޒިނޭކުރުމަށް އެދޭނަން ހެއްޔެވެ؟"، ޒުވާނާ ޖަވާބުގައި ބުންޔެވެ.  "ﷲ ގަންދީ ބުނަމެވެ. އަހަރެން ތިކަމަކަށް ނޭދޭނަމެވެ. ﷲ އަހަރެންގެ ނަފްސު ތިކަމުގެ ފިދާ އެއް ކަމުގައި ލައްވާށިއެވެ"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން ވެސް އެމީހުންގެ މަންމަފުށު ބޮޑުދައިތާ އާއި އެކު މީހަކު ޒިނޭ ކުރުމަށް ނުރުހެއެވެ"، މިޙަދީޘް ރިވާކުރެއްވި އަބޫއުމާމާ- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. އެއަށްފަހު ކީރިތި ރަސޫލާ ޒުވާނާގެ ގައިގައި އަތް އަޅުއްވާފައި ދުޢާ ކުރެއްވިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މީނާގެ ފާފަ ފުއްސަވާ، ހިތް ސާފުކޮށް ދެއްވާފާންދޭވެ. އަދި މީނާގެ ފަރްޖު ރައްކާތެރިކޮށް ދެއްވާ ފާންދޭވެ". އެއަށްފަހުގައި އެޒުވާނާ ޒިނޭ ކުރުމުން ދުރުހެލިވެއްޖެ އެވެ. 

އެހެންކަމުން އެކުވެރިއަކު ޒިނޭކުރާނަމަ އޭނާއާއި އެކުވެސް ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދައްކަވާފައިމިވާ ރިވެތި ނަމޫނާގައި ހިފައިގެން ވާހަކަ ދައްކާށެވެ. އަދި ޒިނޭގެ ހުރި ނުބައި ކަމުގެ ވާހަކަ ތައް ބަޔާންކޮށްދޭށެވެ. އަދި ރަޙްމަތް ތެރިޔާއަށްޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ. އިންޝާ ﷲ އޭނާ އެކަންތަކުން ދުރުހެލިވެ ސަލާމަތްވާނެއެވެ. واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް