އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ ގަސްގަހާއި، ގަހުގެ ބައިތައް އެތެރެކޮށްފި

މިއަހަރުގެ މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ ގަސްގަހާއި، ގަހުގެ ބައިތައް އެތެރެކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، 3،8،69،648(ތިންމިލިއަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ސާޅިސް އަށެއް) ގަސްގަހާއިގެއްސާއި، ގަހުގެ ބައިތައް ރާއްޖެ އެތެރެކޮށްފައިވެއެވެ.

މި ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި ގަސްގަހާއި ގެއްސާއި ގަހުގެ ބައިތަކުގެ 405 ޝިޕްމެންޓް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

މި ތަކެތީގެ ތެރެއިން ގަސްގަހާއިގެހި ރާއްޖެއެތެރެކުރުމަށް އޮންނަ ޤަވައިދުތަކާއި ޚިލާފަށް 37 ޝިޕްމެންޓް ވަނީ ރާއްޖެއެތެރެކޮށްފައެވެ. އެއީ 4732 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ.

މިގޮތަށް ޤަވައިދާއި ޚިލާފަށް އެތެރެކުރި ޝިޕްމެންޓެގެ ތެރެއިން 2 ޝިޕްމެންޓެއް ވަނީ ލިޔެކިއުންތައް ހަމަކޮށްފަައެވެ. އެއީ 324 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ. އަދި ތަކެތި ނައްތާލުމުގެ އުސޫލުގެ ތެރެއިން 35 ޝިޕްމެންޓް ގެ ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް ވަނީ ނައްތާލެވިފައެވެ. އެއީ 4408 ގަސްގަހާއިގެއްސާއި ގަހުގެ ބައިތަކެވެ.

ރާއްޖެއިން ބޭރުން މިގޮތަށް ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެކުރާއިރު، ޤަވައިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެކެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު