އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމް.އައި.އެފް.ސީގެ ސަބަބުން އަޅުގަނޑުމެންގެ އިޤުތިޞާދު ސިންދަފާތުވެގެންދާނެ: ޑެޕިއުޓީ މިނިސްޓަރ ސާއިދު

އެމް.އައި.އެފް.ސީގެ ސަބަބުން އަޅުގަނޑުމެންގެ އިޤުތިޞާދު ސިންދަފާތުވެގެންދާނެ: ޑެޕިއުޓީ މިނިސްޓަރ ސާއިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދުގެ ހަކަތަ އިތުރުވެ، ސިންދަފާތުވެގެންދާނެ ކަމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރުގެ ނައިބު، އަޙްމަދު ސާއިދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި އެމް.އައި.އެފް.ސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާއިދު ވިދާޅުވީ ދިވެހީންނަކީ ބަދަލުވުމުގެ ހުނަރު ހުރި ބައެއް ކަމަށާއި، އޭގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިރާއްޖެ ތަޢާރަފްވިތާ 50 އަހަރު ވެފައިވާއިރު، އެކަމުގެ ސަބަބުން މުޅި އިޤުތިޞާދު ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. މިގޮތުން ފާއިތުވެދިޔަ އަހަރު ދިވެހިރާއްޖޭގެ ޖީ.ޑީ.ޕީ އަކީ 5.1 ނަމަވެސް، މި އަހަރު ޖީ.ޑީ.ޕީ 6.4 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ސާއިދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާއިދު ވަނީ ނަތީޖާ ނެރެދޭ ސަރުކާރެއް ޤާއިމްކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވައިފައެވެ.

މީގެ އިތުރުން، މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތީ އުނދަގޫ ދުވަސްވަރެއްގައި ނަމަވެސް، ދޮޅު އަހަރު ފަހުން މިހާރު ކަންތައްތައް ބަދަލުވާން ފަށާފައިވާ ކަމުގައި ސާއިދު ވިދާޅުވިއެވެ. އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ އެހީއާއެކު ޤާއިމްކުރެވިގެންދާ ފައިނޭންޝަލް ސެންޓަރުގެ ސަބަބުން ދުނިޔޭގެ އިންވެސްޓަރުންގެ ނަޒަރުގައި ވަރުގަދަ އިޤުތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ސާއިދު ވިދާޅުވިއެވެ.

ހުޅުމާލޭ އަރބަން އައިލް ސަރަހައްދުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމް.އައި.އެފް.ސީގެ ރަމްޒީ ބިންގާ އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ ރައީސް، ޝެއިޚް ނާއިފް ބިން ޢީދު އަލް ޘާނީ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ސަރުކާރު ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު