އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ނޭޝަނަލް މެންޓަލް ހެލްތު އެޑްވައިޒަރީ" ގެ ޗެއަރ ޕާރސަން އަކަށް އައިމިނަތު އިސްމާޢީލް ހޮވައިފި

"ނޭޝަނަލް މެންޓަލް ހެލްތު އެޑްވައިޒަރީ" ގެ ޗެއަރ ޕާރސަން އަކަށް އައިމިނަތު އިސްމާޢީލް ހޮވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ނަފްސާނީ ސިއްޙަތުގެ ނިޒާމް ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ޤައުމީ ލަނޑުދަނޑިތައް ޙާސިލްކޮށް ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ބާރުއަޅާ މަގުފަހި ކުރުމުމަށް ގުޅުންހުރި މުއައްސަސާތަކާއި އެކު ފަންނީ ލަފާ ފޯރުކޮށްދިނުމަށް އެކުލަވާލެފައިވާ "ނޭޝަނަލް މެންޓަލް ހެލްތު އެޑްވައިޒަރީ" ކޮމެޓީ ގެ ދެވަނަ ބައްދަލުވުންތަކުގެ ބައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަނީ "ނޭޝަނަލް މެންޓަލް ހެލްތު އެޑްވައިޒަރީ" ގެ ޗެއަރ ޕާރސަން ހޮވާފައެވެ.

ޗެއަރ ޕާރސަން އަކަށް ހޮވިފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު އިސްމާޢީލް އެވެ.

މި ކޮމެޓީގެ މަޤްޞަދަކީ ނަފްސާނީ ސިއްޙަތުގެ ނިޒާމު ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ޕޮލިސީ، ސްޓްރެޓެޖީތައް ކަނޑައަޅުމާއި، މިންގަނޑުތަކާއި، ޤަވާއިދުތަކާއި، އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ ވިސްނުން ޑިޕާޓްމަންޓަށް ޙިއްސާކޮށް އިރުޝާދު ދިނުމާއި، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ނަފްސާނީ ސިއްޙަތުގެ ޤައުމީ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ބާރުއަޅާ މަގުފަހި ކުރުމުގެ އިތުރުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓާއި، ގުޅުންހުރި މުއައްސަސާތަކުން ކުރާ މަސައްކަތްތަކުގައި ފަންނީ ލަފާ ފޯރުކޮށްދިނުން.

އެގޮތުން މި ކޮމެޓީގެ ބައްދަލުވުން ކޮންމެ މަހަކު ބޭއްވުމަށް ކޮމެޓީގެ މަޝަވަރާގައި ވަނީ ނިންމާފައެވެ.

މި ކޮމެޓީގައި މެމްބަރުން ހިމެނޭ ދާއިރާތަކަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ޔުނިސެފް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު އެންޑް އެމްޕަވަރމަންޓް، ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު، މެންޓަލް ހެލްތު ސެންޓަރ ހުޅުމާލެ، ނޭޝަނަލް ޑްރަގް އެޖެންސީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ސައިކޮލޮޖިސްޓެކެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު