އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ލޭބަރ މިނިސްޓަރ، ހިޒް އެކްސެލެންސީ ސަންތޯޝް އެސް. ލަޑް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، އިންޑިއާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ އަދި ގާތް ރަހުމަތްތެރި ގުޅުމާއި ބެހޭ ގޮތުން، ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި، ބެންގަލޫރަކީ މަތީ ތަޢުލީމާއި ޞިއްޙީ ޚިދުމަތް ހޯދުމަށް ގިނަ ދިވެހިން ދިރިއުޅެމުންދާ ޤައުމެއްކަމަށާއި، އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު، އިތުބާރު ދަމަހައްޓަމުންދާ ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ދެބޭފުޅުން ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) ޤާއިމްކުރުމުގެ ސަބަބުން ދެޤައުމުގެ ތަރައްޤީ އިތުރަށް ފަހިވެގެންދާނޭ ކަމަށްވެސް ވިދާޅުވެފައެވެ.
Advertisement
6 މެއި 2025