އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބިލްޑިންގ ދި ކެޕޭސިޓީ އޮފް އިމާމްސް އެންޑް ޕްރީޗަރސް" ފަށައިފި

"ބިލްޑިންގ ދި ކެޕޭސިޓީ އޮފް އިމާމްސް އެންޑް ޕްރީޗަރސް" ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

"އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަން" (އައި.އެމް.ސީ.ޓީ.ސީ) އާއި ދިވެހިރާއްޖޭގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) ގުޅިގެން އިމާމުންނާއި ޢިލްމުވެރިންނަށް ބާއްވާ ތަމްރީން ޕްރޮގްރާމް "ބިލްޑިންގ ދި ކެޕޭސިޓީ އޮފް އިމާމްސް އެންޑް ޕްރީޗަރސް" ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަންގެ ސެކްރެޓަރީ ޖެނެރަލް މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސަޢީދު އަލްމަޖީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ފާހަގަކުރެއްވި ގޮތުގައި އައި.އެމް.ސީ.ޓީ.ސީ. އާއި އެން.ސީ.ޓީ.ސީ. ގުޅިގެން މި ބާއްވާ ޕްރޮގްރާމަކީ ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުމަށް ވަރަށް މުހިންމު ފެށުމެއް ކަމުގައެވެ. އަދި ޓެރެރިޒަމްއާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާއި ގުޅުންހުރި ކަމެއް ނޫންކަމަށާއި މި ފިކުރީ ބަލިމަޑުކަމަށް އޮތް ހަޤީޤީ ހައްލަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޢިލްމާއި މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އައި.އެމް.ސީ.ޓީ.އެމް.ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކުފުޅުގައި ފާހަގަކުރެއްވި ގޮތުގައި މި ކޯލިޝަން އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް، ކޯލިޝަންގައި ހިމެނޭ ޤައުމުތައް ގުޅިގެން، ޢިލްމާއި، މީޑިއާއާއި، މާލީ ގޮތުންނާއި އަސްކަރީ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން ކަމުގައެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު