އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ ތަމްރީނު ހަދަމުންދަނިކޮށް ހާލު ދެރަވި ހުސެއިން ޤާއިސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ!

ފުލުހުންގެ ތަމްރީނު ހަދަމުންދަނިކޮށް ހާލު ދެރަވި ހުސެއިން ޤާއިސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ދ. ވާނީގައި ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަ ކުރަމުން ދަނިކޮށް ހާލު ދެރަވެ، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ޕޮލިސް ކޮންސްޓަބަލް ހުސެއިން ޤާއިސް (34 އަހަރު) މިއަދު ހަވީރު ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މަރުހޫމް ހުސެއިން ޤާއިސް އަކީ ފުލުހުންގެ ޚިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ބައިވެރިވެ ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ފުލުހެކެވެ.

ދ. ވާނީގައި ތަމްރީނު ފުރިހަމަ ކުރަމުން ދަނިކޮށް ހާލު ދެރަވުމާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެހެންނަމަވެސް ހާލަތު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާ ހޯދުމަށްޓަކައި މާލޭގެ އައިޖީއެމްއެޗަށް ބަދަލުކުރެވުނެވެ.

މިހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވަނީ އޭނާގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށް އަދި އެކުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ އެހެން ފުލުހުންނަށް ތައުޒިޔާ ދަންނަވާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު