އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު
ހުއްދަ ނޫން މަސައްކަތްކުރަންޖެހޭ ވަޒީފާ އަދާކޮށްގެން ލިބޭ މުސާރަ ޙަލާލްވާނެތޯ؟
މިއީ އެކި ޢިބާރާތުން ކިޔުންތރިން ވަރަށް ގިނައިން ކުރައްވާ ސުވާލެކެވެ. ގިނައިން ސުވާލުކުރައްވަނީ ރިޒޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒިފުންނެވެ. އެހެންކަމުން ދޭން މިޖެހެނީވެސް ހަމަ އެއް ޖަވާބެކެވެ. ދީނުގައި އެކަމުގެ ޙުކުމް އޮތް ގޮތެވެ.
ބަނގުރާބުއިމާއި، ވިއްކުމާއި، ގަތުމާއި މިހުރިހާ ކަމަކީ މުސްލިމުންގެ މައްޗަށްޙަރާމްވެގެންވާ ކަންތައްކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(لَعَنَاللَّهُالْخَمْرَوَشَارِبَهَاوَسَاقِيَهَاوَبَائِعَهَاوَمُبْتَاعَهَاوَعَاصِرَهَاوَمُعْتَصِرَهَاوَحَامِلَهَاوَالْمَحْمُولَةَإِلَيْهِ)
މާނައަކީ: "ރާބޯމީހާ އާއި ބޯންދޭ މީހާ އާއި، ވިއްކާ މީހާ އާއި، ގަންނަ މީހާ އާއި، ދިޔަފެލާ މީހާ އާއި، ދިޔަ ފެލައި ދެވޭ މީހާ އާއި، އުފުއްލާ މީހާ އާއިއުފުއްލައި ދެވޭ މީހާ އަށް މާތް ﷲ ލަޢްނަތް ލެއްވިއެވެ."
ބަނގުރާ ބޯން ބޭނުން ކުރާ ތަށި ދޮވެ، އެތަށިތައް އަލުން މޭޒު މަތީ ބަހައްޓައިދީ ހެދުމަކީ ނުބައި ޢަމަލެއް ކުރުމަށް އެހީތެރިވުމެވެ. މިއީވެސް ޙަރާމް ކަމެކެވެ. ސޫރަތުލްމާއިދާގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
"وَتَعَاوَنُواعَلَىالْبِرِّوَالتَّقْوَىٰۖوَلَاتَعَاوَنُواعَلَىالْإِثْمِوَالْعُدْوَانِ
"މާނައަކީ: " އަދި ހެޔޮކަންތައް ކުޅައުމާއި، تقوىވެރިވުމުގެ މައްޗަށް ތިޔަބައިމީހުންއެކަކު އަނެކަކަށް އެހީވެ،ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوةތެރިވުމުގެ މައްޗަށް،ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ."
ބަނގުރާ ބޮއިފަ ހުސްވެފަހުންނަ ތަށިއުފުލުމާއި ދޮވެ އަލުންއެތަށިތައް އެމޭޒުމަތީ ބަހައްޓަންޖެހޭ ވަޒީފާއެއްގަ މަސައްކަތްކުރުން ހުއްދަވާނެތޯ؟
ސުވާލުގައި ބަޔާން ކުރެވިފައިވާ ފަދަ ވަޒީފާ އަދާ ކުރުމުގައި ދެނުބަޔެއް އެބަ އޮތެވެ. އެއީ ރާބޯން ބޭނުންކުރާ ތަށި އުފުއްލައިދިނުމާއި، އެކަމަށް އެހީތެރިވުމެވެ. މިފަދަ ވަޒީފާ އެއް އަދާ ކުރުމަކީ މުސްލިމަކަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އަދި މިފަދަ ވަޒީފާ އެއް އަދާކޮށްގެން ލިބޭ ފައިސާ އަކީވެސް ޙަލާލު ފައިސާ އެއް ނޫނެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
8 މެއި 2025