އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު މީސްތަކުންނަށް ސިއްރުން ﷲ ތަޢާލާ މުޢާމަލާތުކުރައްވަވައި ފާފަތައް ފުއްސަވައި ދެއްވަވާނެ މީހުން-

ޤިޔާމަތް ދުވަހު މީސްތަކުންނަށް ސިއްރުން ﷲ ތަޢާލާ މުޢާމަލާތުކުރައްވަވައި ފާފަތައް ފުއްސަވައި ދެއްވަވާނެ މީހުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ޤިޔާމަތް ދުވަހު މަޙްޝަރުގެ މައިދާނަށް މީސްތަކުން އެއްކުރައްވަވާފައި ތިބޭއިރު އެމީހެއްގެ ނަމުން ގޮވައިލެއްވެވޭނެ މީހުން ތިބޭނެއެވެ. މަލާއިކަތުން ވަޑައިގެން އެމީހާ މީސްތަކުންނާއި ދުރަށް ގެންދަވާނެތެވެ.  

އެހިނދު އެއްވެސް މެދުވެރިއަކު ނެތި ﷲ ތަޢާލާ އެމީހަކާއި މުޢާމަލާތް ކުރައްވަވާނެތެވެ. އެމީހުން ކުޅަ ހުރިހާ ފާފަތަކެއް އެމީހަކަށް ބަޔާންކުރައްވަވައި ދެއްވަވާނެތެވެ. އެމީހާ ލަދުވެތިކަމާއިއެކު ހުރެ އެފާފަތައް ކުރެވުނުކަމަށް އިޢްތިރާފްވަމުން ގެންދާނެތެވެ. ފާފަތައް ގިނަވެ ދެން ތިމާއަށް ނަރަކައިން ސަލާމަތްނުވެވޭނެ ކަމުގެ ބިރުވެރިކަން އިޙްޞާޞްކުރެވި މާޔޫސްކަމުން އެމީހާ ފުރިގެންދާނެތެވެ.  

އެހިނދު ﷲ ތަޢާލާ އެމީހަކަށް ވަޙީކުރައްވަވާނެތެވެ. "ތިބާ ކުޅަ މިހުރިހާ ފާފަތައް ތިމަން ﷲ ދުނިޔޭގައިވެސް ސިއްރުކުރައްވަވައި ދެއްވެވީމުއެވެ. މިއަދުވެސް ސިއްރުކުރައްވަވައި ދެއްވަވާހުށީމެވެ." އެހިސާބުން އެމީހެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެތެވެ.  

މީސްތަކުންނޭވެ! މިމަތިވެރި ނިޢުމަތް ޙާޞިލުކުރެވުމަށް އެދޭމީހާ، ތިމާއަށް ފާފައެއް ކުރެވުނަސް އެކަން ސިއްރުކުރާށެވެ! އެއްވެސް މީހެއްގެ ގާތުގައި ނުދައްކާށެވެ. ދެވަނަ ކަމަކަށް ފާފައެއް ކުރެވުނަސް އެކަމަށް ދެރަވެ އަވަހަށް ތައުބާވާށެވެ! ފާފަފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރާށެވެ! ވިއްދައިގެން ހެޔޮ ޢަމަލެއްވެސް ކުރާށެވެ! އަދި އެއްވެސް ފާފައެއް ނުކުރަން މަސައްކަތްކުރުންމަތީގައި ދެމިހުންނާށެވެ!

 

- ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް