އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 43 ސިކުންތު
އެއްވެސް ކަމަކަށް އެދިގެން ދުޢާކުރާނަމަ އެދޭ ކަމެއްގެ ވާހަކަ ތަކުރާރުކޮށް 3 ފަހަރު ދަންނަވާށެވެ.
މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވެފައިވެއެވެ. "އެކަލޭގެފާނު ބަދުދުޢާ ކުރައްވަވާނަމަވެސް އަދި ކަމަކަށް އެދިވަޑައިގެން ދެންނެވިނަމަވެސް ތިންފަހަރު މަތިން ދަންނަވައެވެ..."
ވީމާ ކޮންމެ ކަމަކަށް އެދި ދުޢާކުރިނަމަވެސް އެދޭ ކަންތަކުގެ ވާހަކަ 3 ފަހަރު ތަކުރާރުކުރާށެވެ!
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ : ( بَيْنَمَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي عِنْدَ الْبَيْتِ وَأَبُو جَهْلٍ وَأَصْحَابٌ لَهُ جُلُوسٌ وَقَدْ نُحِرَتْ جَزُورٌ بِالأَمْسِ ، فَقَالَ أَبُو جَهْلٍ : أَيُّكُمْ يَقُومُ إِلَى سَلا جَزُورِ بَنِي فُلانٍ فَيَأْخُذُهُ فَيَضَعُهُ عَلَى ظَهْرِ مُحَمَّدٍ إِذَا سَجَدَ ، فَانْبَعَثَ أَشْقَى الْقَوْمِ فَأَخَذَهُ فَلَمَّا سَجَدَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَضَعَهُ بَيْنَ كَتِفَيْهِ ، قَالَ : فَاسْتَضْحَكُوا وَجَعَلَ بَعْضُهُمْ يَمِيلُ عَلَى بَعْضٍ . وَأَنَا قَائِمٌ أَنْظُرُ لَوْ كَانَتْ لِي مَنَعَةٌ طَرَحْتُهُ عَنْ ظَهْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَاجِدٌ مَا يَرْفَعُ رَأْسَهُ حَتَّى انْطَلَقَ إِنْسَانٌ فَأَخْبَرَ فَاطِمَةَ فَجَاءَتْ وَهِيَ جُوَيْرِيَةٌ فَطَرَحَتْهُ عَنْهُ ثُمَّ أَقْبَلَتْ عَلَيْهِمْ تَشْتِمُهُمْ ، فَلَمَّا قَضَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلاتَهُ رَفَعَ صَوْتَهُ ثُمَّ دَعَا عَلَيْهِمْ - وَكَانَ إِذَا دَعَا دَعَا ثَلاثًا ، وَإِذَا سأَلَ سَأَلَ ثَلاثًا - ثُمَّ قَالَ : اللَّهُمَّ عَلَيْكَ بِقُرَيْشٍ ثَلاثَ مَرَّاتٍ ، فَلَمَّا سَمِعُوا صَوْتَهُ ذَهَبَ عَنْهُمْ الضِّحْكُ وَخَافُوا دَعْوَتَهُ ، ثُمَّ قَالَ : اللَّهُمَّ عَلَيْكَ بِأَبِي جَهْلِ بْنِ هِشَامٍ وَعُتْبَةَ بْنِ رَبِيعَةَ وَشَيْبَةَ بْنِ رَبِيعَةَ وَالْوَلِيدِ بْنِ عُقْبَةَ وَأُمَيَّةَ بْنِ خَلَفٍ وَعُقْبَةَ بْنِ أَبِي مُعَيْطٍ - وَذَكَرَ السَّابِعَ وَلَمْ أَحْفَظْهُ - فَوَالَّذِي بَعَثَ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْحَقِّ لَقَدْ رَأَيْتُ الَّذِينَ سَمَّى صَرْعَى يَوْمَ بَدْرٍ ثُمَّ سُحِبُوا إِلَى الْقَلِيبِ قَلِيبِ بَدْرٍ)
މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެފުޅު ކައިރީގައި ނަމާދަށް ހުންނެވި އެރެއްގައި އަބޫޖަހުލު އޭނާގެ ބައިވެރިން ތަކަކާއި އެކު މިސްކިތުގައި އިށީނދެގެން ތިއްބެވެ. އަދި އިއްޔެގައި ކަތިލި ޖަމަލެއްގެ ވާހަކަ ދެއްކިއެވެ. އަބޫޖަހުލު ބުންޔެވެ. އިއްޔެ ކަތިލި ޖަމަލުގެ ކަރުގޮހޮރުތައް މުޙައްމަދުގެފާނު ސަޖިދައަށް ދާގަޑީގައި އެކަލޭގެފާނުގެ ކޮނޑުމައްޗަށް އަޅާލަން ކެރޭނީ ކޮން ކުއްޖަކަށް ހެއްޔެވެ؟ ދެން އެމީހުންގެ ތެރޭގައި ހުރި އެންމެ ނުބައި ނުލަފާ މީހާ ލައްވާ އެކަރުގޮހޮރުތައް ގެނެސް، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސަޖިދާގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ކޮނޑުމައްޗަށް އަޅައިލައިފިއެވެ. ދެން އެބައިމީހުން އެކަކު އަނެކަކަށް ބަލަބަލާފައި ހޭންފަށައިފިއެވެ. އެހިނދު ތިމަންކަލޭގެފާނު މަންޡަރު ބަލަން އެތަނުގައި ކޮޅަށް ހުރީމެވެ. ތިމަންކަލޭގެފާނަށް އެތަކެތި ސާފުކުރެވޭނެނަމަ ރަސޫލަ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކޮނޑުކޮޅުން އެތަކެތި އުކާލީމުހެވެ. އެތަނުން މީހަކުގޮސް ފާޠިމަތުގެފާނަށް މިޚަބަރު ދިނުމުން އެކަމަނާ އާއި ޖުވައިރިއްޔަތު ވަޑައިގެން އެތަކެތި ސާފުކުރެއްވުމަށް ދާންދެން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބޯފުޅު ހިއްލަވައި ނުލައްވާ ސަޖިދާގައި އޮންނެވިއެވެ. ދެން ފާޠިމަތުގެފާނު މައްކާގެ މުޝްރިކުންނާ މުޚާޠަބު ކުރައްވާ ވަރަށް އެއްޗެތި ކިޔުއްވިއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ނަމާދުން ނިމިވަޑައިގެން އަޑުހަރުކޮށް އެބައިމީހުންގެ މައްޗަށް ބަދު ދުޢާ ކުރެއްވެވިއެވެ. އެކަލޭގެފާނު ބަދުދުޢާ ކުރައްވާނަމަވެސް އަދި ކަމަކަށް އެދި ދެންނެވިނަމަވެސް ތިންފަހަރު މަތިން ދަންނަވައެވެ. ދުޢާގައި ދެންނެވިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ގުރައިޝުން ހަލާކު ކުރައްވާފާންދޭވެ. މިފަދައިން ތިންފަހަރު ދުޢާ ކުރެއްވިއެވެ. އިތުރު އެކަލޭގެފާނުގެ ދުޢާ ގެ އަޑު އިވުމުން މުޝްރިކުން ގެ ހުނުންގަނޑު ހުއްޓި އެބައިމީހުންގެ ހިތްތަކަށް ބިރުވެތިކަން ވަދެއްޖެއެވެ. އެކަަލޭގެފާނުގެ ދުޢާ ގައި ދެންނެވިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަބޫޖަހުލު ބިން ހިޝާމާއި، ޢުތްބާ ބިން ރަބީޢާއި، ޝައިބާ ބިން ރަބީޢާއި، ވަލީދު ބިން ޢުގްބާ، އުމައްޔާ ބިން ޚަލަފް، ޢުގްބާ ބިން އަބީ މުޢީޠު ހަލާކު ކުރައްވާފާންދޭވެ. އިބްނު މަސްޢޫދު- ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަތްވަނަ މީހެއްގެ ނަންވެސް ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކިޔުއްވިއެވެ. ނަމަވެސް މިހާރަކު ހަނދާނެއް ނެތެވެ. މުހައްމަދުގެފާނު ޙައްގާއިގެން ފޮނުއްވި ކަލާނގެ ގަންދެއްވާ ވިދާޅުވަމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެދުވަހު ނަންކިޔުއްވި ހުރިހާ މީހުންތައް ބަދުރު ހަނގުރާމައިގެ ދުވަހުގައި ބިންމަތީ ކޭއްތި ކޭއްތި ތިއްބާ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ދެން އެބައިމީހުން ބަދުރުގައި ކޮނެވިފައިވާ ވަޅުގަޑެއްގެ ތެރެއަށް ދަމާފައިގެންގޮސް ވައްޓާލެވުނެވެ".
- ޙަދީޘްގެ ތަރުޖަމާ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
8 މެއި 2025