އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުއްދަ ނޫން މަންޒަރުތައް ލޮލުން ބަލައި ހުއްދަނޫން އަޑުތައް އަޑުއަހާ މީހުން ނިކަން މިކަންކަމަށް ވިސްނާލަބަލަ!: މުފްތީ މެންކް

ހުއްދަ ނޫން މަންޒަރުތައް ލޮލުން ބަލައި ހުއްދަނޫން އަޑުތައް އަޑުއަހާ މީހުން ނިކަން މިކަންކަމަށް ވިސްނާލަބަލަ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަ ކުރައްވަވައިފައެވެ. އުނިއިތުރު ގެނައުމަކީ ހަމަ އެކަކަށްވެސް އަދި ދުނިޔޭގެ އެންމެން އެކުވެގެންވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެހެންކަމާއިއެކުވެސް ކަންކަން ހިނގަމުން މިދާ ގޮތާއިމެދު ވިސްނާލަން އެބަޖެހެއެވެ.

އިސްލާމް ދީނުގައި ޙަރާމްކަންކަން މުސްލިމުންނަށް އެނގޭނެއެވެ. އެނގިތިބެވެސް ތިމާ އަށް ހިތްހަމަޖެހުން ލިބޭ ކަމެއްކުރަން ބޭނުންވުމުން އެކަމެއް އެބަކުރެއެވެ. ޢިލްމުވެރިއަކު ޙައްޤުބަސް ބުނެދީފިނަމަ ދައްކަނީ ކޮންމެވެސް ބަހަނާއެކެވެ.

މިއީ ވަރަށް ހިތާމަހުރިކަމެކެވެ. މިސާލަކަށް މިޔުޒިކް ނަގާށެވެ! މިޔުޒިކް ޙަރާމްކަމުގެ އިތުރުން ޕޮޕްސްޓާރުން ލައިގެން ތިބޭ ފޭރާމަށްބަލާށެވެ! ގިނައިން އެތިބެނީ ނިވާވެސް ނުއެވެ. ނުވަތަ ހަށިގަނޑުން ބޮޑު ބައެއް ދައްކައިގެންނެވެ.

އެހެންކަމާއިއެކުވެސް ގޭގެ ޓީވީން ބަލާކަށް ޖެހިލުމެއް ނުވެއެވެ. ގޭގެ އެންމެން ތިބެގެން ބަލަންވެސް ޖެހިލުމެއް ނުވާތަނުގައި ލަދެއްވެސް ނުގަނެއެވެ. ކާރަށް އަރައިފިނަމަ އެންމެ ބޮޑު ސަމާލުކަމެއް ދެނީ މިޔުޒިކް އަޑުއެހުމަށެވެ. އަދި މިހާރު ވީޑިއޯވެސް ބަލައެވެ. ލަވައިގައި ފެންނަ ބަރަހަނާކަމުގެ އިތުރުން ކިޔާ ހަޑިމުޑުދާރު އަވަގުރާނަތައް އަޑުއެހުން އޮންނަނީ އެއްވެސް ކަމަކަށް ނުވެފައެވެ.

މީސްތަކުންނޭވެ! ލޮލުން ބަލަނީ ޙަރާމް މަންޒަރުތަކެވެ. ކަންފަތުން އަޑުއަހަނީ ޙަރާމް އަޑުތަކެވެ. މިޔުޒިކް އަޑުއަހާނަމަ ﷲ ތަޢާލާގެ މަތިން ހަނދުމައެއް ނުކުރެވޭނެއެވެ. އެފަދަ މީހެއްގެ ފަތް ޢަޛާބުގެ ކޮޅަށް ބުރަވެގެންދާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ! ޤިޔާމަތް ދުވަހު ފަތް މީޒާނުގައި ކިރައިލެވޭނެ ވަގުތު ކަންކަން ވެގެންދާނެ ގޮތް ނިކަން ހިތަށް އަރުވައިލަބަލާށެވެ!

އަހުރެންގެ އިލްތިމާސަކީވެސް އާދޭހަކީވެސް ޙަރާމް ބެލުންތަކުން ލޯތައް ސަލާމަތްކުރުމެވެ. ޙަރާމް އަޑުތަކުން ކަންފަތް ސަލާމަތްކުރުމެވެ. ލޮލާއި ކަންފަތާއި މުޅި ހަށިގަނޑުވެސް ނަރަކައިގެ ހޫނުކަންގަދަވެގެންވާ އަލިފާނުން ސަލާމަތްކުރަން މަސައްކަތްކުރުމެވެ. ސުވަރުގެއިން ލިބެން ހުރި އުފާތައް މާބޮޑުވާނެކަން ޤަބޫލުކޮށް ސުވަރުގޭގެ ނިޢްމަތްތަކަށް ދަހިވެތިކަން އިތުރުކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް